ads
ފޮޓޯ: ބީބީސީ
ޒިމްބާބްވޭގެ އިގްތިސާދު ރަނގަޅުކުރުމަށްޓަކައި އިކޮނޮމިކް ޕްލޭނެއް ތައާރަފްކޮށްފި
ޒިމްބާބްވޭ އިން އެ ގައުމުގެ އިގްތިސާދު ރަނގަޅުކުރުމަށް ޓަކައި އާ އިކޮނޮމިކް ރިކަވަރީ ޕްލޭނެއް ތައާރަފްކޮށްފި އެވެ.

ޒިމްބާބްވޭގެ ސަރުކާރުން މިއަދު އާންމުކުރި އާ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން އިގްތިސާދު ރަނގަޅުކުރުމަށްޓަކައި އިންފްލޭޝަން ރޭޓް ދަށްކޮށް، 2025 ގެ ކުރިން އެ ގައުމުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރާނެ އެވެ.

ޒިމްބާބްވޭގެ އިގްތިސާދު 2019 ވަނަ އަހަރުން ފެށިގެން ބޮޑު ތަނުން ހީނަރުވެފައިވާ އިރު، އިންފްލޭޝަން ރޭޓް ވަނީ މި އަހަރުގެ ޖުލައި މަހާއި ހަމައަށް 837 އިންސައްތަ އަށް މަތިވެފަ އެވެ.

ނެޝަނަލް ޑިވެލޮޕްމެންޓް ސްޓެޓަޖީގެ ނަމުގައި ޒިމްބާބްވޭ އިން އެކުލަވާލި އާ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން އެ ގައުމުގެ އަމާޒަކީ 2025 އަންނަންވާ އިރަށް އެ ގައުމުގެ މިހާރުގެ އިންފްލޭޝަން ރޭޓް ކަމަށްވާ 471 އިންސައްތަ އިން ބޮޑު އަދަދަކަށް ދަށްކޮށް 760،000 އާ ވަޒީފާ ތައް އުފެއްދުމެވެ.

ޒިމްބާބްވޭގެ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން މައުދަންތައް ކޮނެގެންނާއި، ދަނޑު ގޮވާން ކޮށްގެން އާމްދަނީ ހޯދުމަށް ނިންމާފައިވާ އިރު، އިންޓަނެޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ގުޅިގެން އިކޮނޮމިކް ރިފޯމް ޕްރޮގްރާމެއް އެކުލަވާލަން މަސައްކަތް ކުރާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

ޒިމްބާބްވޭގެ ގިނަ މީހުންނަކީ ވަޒީފާ އެއް ނެތި ދިރިއުޅޭ މީހުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް