ads
އިމްރާން ހާން--
އިމްރާން ހާން އެކްޓްކުރުން ހުއްޓާލައިފި
"ޖާނޭ ތޫ ޔާ ޖާނޭ ނާ" ގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގްބޫލުކަން ހޯދި އިމްރާން ހާން ފިލްމު ކުޅުން ހުއްޓާލާފައިވާ ކަމަށް އޭނާގެ ގާތް އެކުވެރިއަކު ބުނެފި އެވެ.

އިމްރާންގެ އެކުވެރިއެއް ކަމަށްވާ، އަކްޝޭ އޮބްރޯއިއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިމްރާން ފިލްމު ކުޅުން ހުއްޓާލި ނަމަވެސް އޭނާއަކީ މޮޅު ލިޔުންތެރިއެކެވެ. އަދި ޑައިރެކްޓްކުރުމުގެ ގާބިލުކަން ވެސް އޭނާގެ އެބަ ހުރި ކަމަށް ބުނެފައިވެ އެވެ. 

އިމްރާން ވަނީ އަކްޝޭއާއެކު އަންދޭރީގައި ހުންނަ ކިޝޯރް އެކްޓިން ސްކޫލުން ކިޔަވާފަ އެވެ. އަދި އެދެމީހުންނަށް އެކަކު އަނެކަކު އެނގޭތާ މިހާރު 18 އަހަރުވެފައިވާއިރު އަކްޝޭ ބުނީ އިމްރާން އަމިއްލައަށް ފިލްމެއް ޑައިރެކްޓްކުރާނީ ކޮންއިރަކުކަން ނޭނގޭ ކަމަށެވެ.

އަދި ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން އޭނާއަށް ޕްރެޝަރުކުރަން ބޭނުންނުވިޔަސް ކައިރި މުސްތަގުބަލެއްގައި އޭނާ ފިލްމެއް ޑައިރެކްޓްކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އުމުރުން 37 އަހަރުގެ އިމްރާން ވަނީ ދިއްލީ ބެލީ އާއި އައި ހޭޓް ލަވް ސްޓޯރީސް އަދި އެކް މެއިން އޯރް އޭކް ތޫ ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އޭނާއަކީ ގިނަ ބައެއްގެ ލޯބި ހޯދި ތަރިއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް