ads
ރައީސް ސޯލިހާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު--
ޗައިނާގެ ލޯނުތައް ދެއްކުން ވަނީ ފަސްކޮށްދީފައި: ރައީސް އޮފީސް
ކޮވިޑް-19 ގެ މި ދަތި ހާލަތުގައި ވެސް ލޯނުތައް ދެއްކުމަށް ޗައިނާއިން އެއްވެސް ލުޔެއް ނުދިިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް، ޗައިނާގެ ލޯނުތައް ފަސްކޮށްފައިވާ ކަން އެނގިއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އިއްޔެ ނަޝީދު ވިދާޅުވީ ޗައިނާގެ ދަރަނި ދައްކަން އެއްވެސް ލުޔެއް ނުދިިން ކަމަށާއި ރާއްޖެއާ މެދު އެ ގޮތަށް ކަންތައް ނުކުރެއްވުމަށް ޗައިނާ ރައީސް ޝީ ޖިންޕިންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. 

"..މުޅި ދުނިޔެ އޮތީ ބަންދުވެފައި. ހުޅުވާފައި ހުރި އެކަކު ވެސް ހުރީކީ ނޫން. ލާރިއެއް ފޮނުވާލެވޭ މިންވަރަށް ވެސް ހުޅުވާފަކާއެއް ނެތް. އެހެން ނަމަވެސް އެއްވެސް ލުޔެއް ނެތޭ، އެއްވެސް ލުޔެއް ނެތޭ. ކޮބާތޯ އިންސާފަކީ. ޗައިނާގެ ރައީސަށާއި ޗައިނާ ސަރުކާރަށް އަޅުގަނޑު ފަށްފަށުން ދަންނަވަން ބޭނުން، ދިވެހިރާއްޖެ އަށް ތިހެން ނުހައްދަވާށޭ. އާދޭހޭ، އާދޭހޭ،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް މިދިޔަ ޖޫން މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ޗައިނާގެ ދަރަނިތައް ދެއްކުން ހަތަރު އަހަރަށް ފަސްކޮށްދޭނެ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ސީއެންއެމުން ސުވާލު ކުރުމުން ރައީސް އޮފީހުން ވަނީ ލޯނުތައް ފަސްކޮށްދިންކަން ކަށަވަރުކޮށްދީފަ އެވެ. 

"ޖީ20 ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ޗައިނާގެ ސަރުކާރުން ދޫކުރި ލޯނުތައް މިހާރު ވަނީ ފަސްކުރެވިފައި،" ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވި އެވެ.

ޗައިނާ މެެދުވެރިކޮށް ރާއްޖެއިން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަަކަށް ލޯނު ނަގާފައިވެ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ލޯނު އަނބުރާ ދެއްކުމަށް 4.9 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު ނަޝީދު ވިދާޅުވާ ގޮތުންނަމަ އެ ފައިސާގެ ތެރެއިން 80 އިންސައްތަ ފައިސާއަކީ ޗައިނާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ހިމަނާފައިވާ ފައިސާ އެވެ. 

މީގެ ކުރިން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އާއި ނަޝީދާ މެދު، މި ދަރަނިތަކާއި ގުޅިގެން ބަހުގެ ހަމަލާތައް ވެސް ސޯޝަލް މީޑިއާގައި ދެވިފައިވެ އެވެ. ސަފީރު ވިދާޅުވީ ލޯނުތަކާއި ގުޅިގެން ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން އެނގޭ ކަމަށާއި ވަކިން ހާއްސަކޮށް މި ދަނޑިވަޅުގައި ލޯނު އަނބުރާ ދެއްކުމުގައި ވެސް ދަތިތަކެއް ހުރިކަން ޗައިނާއަށް އެނގޭ ކަމަށެވެ. އަދި އޭރު ކުރެވުން މަޝްވަރާތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް އުއްމީދުކުރައްވާކަން ފާހަގަކުރައްވަމުން ޗައިނާ އާއި ރާއްޖޭގެ ގުޅުމާއި ގުޅޭ ގޮތުން ވަނީ މިއީ އެއް ގައުމަށް ފައިދާވާއިރު އަނެއް ގައުމަށް ގެއްލުންވާ ފަދަ ޒީރޯ ސަމް ގޭމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. 

ނަޝީދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ 2013 އާއި 2018 ވަނަ އަހަރާ ދެމެދު ޗައިނާ ރާއްޖެއަށް އިންތިހާއަށް ލޯނު ދީފައިވާއިރު އޭގެ ތެރެއިން ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ، ބޮޑު ބައެއް އަނބުރާ ދައްކަން ޖެހިފައިވާއިރު ގައުމުގެ އިގްތިސޯދު އިނދަޖެހިފައި ވުމެވެ.

64%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް