ސައްހަ ލިޔެކިއުމެއް ނެތް ބަންގްލަދޭޝްގެ ރައްޔިތުންނާއި، ގައުމަށް އެނބުރި ދާން ބޭނުންވާ ރައްޔިތުން ފޮނުވާލުމަށްޓަކައި ދިވެހި ސަރުކާރާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން މިއަދުވެސް 200 މީހަކު ވަނީ އަނބުރާ ފޮނުވައިލާފަ އެވެ.
މިދިޔަ ހަފްތާގައިވެސް 200 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ އިރު، މިހާތަނަށް މޯލްޑިވިއަން އިން 8،636 މީހުން ބަންގްލަދޭޝް އަށް އަނބުރާ ފޮނުވާލާފައިވެ އެވެ.
މި އަހަރު ނިމުމުގެ ކުރިން ބަންގްލަދޭޝްގެ 20،000 ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.