ads
ފޮޓޯ: ޝިފާން/ ޓްވީޓާ
ހުއްދަ ނުހޯދާ ޓްރާންސްޕޯޓުން ދަތުރެއް ނުކުރާނެ: މިނިސްޓްރީ
ހއ. ހޯރަފުށީގައި މިއަދު ހުޅުވުމަށް ހަމަޖެހިފައިވާ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޓީމު ދަތުރުކުރީ ހުއްދަ ހޯދައިގެން ކަމަށް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ "ހުއްދަ ނުހޯދާ ޓްރާންސްޕޯޓްގެ އެއްވެސް ބޭފުޅަކު ފްލައި ނުކުރާނެ" ކަމަށެވެ.

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި މިނިސްޓްރީގެ ސިޔާސީ ޓީމެއް ހޯރަފުއްޓަށް މިއަދު 11:00 ގައި ދިޔައީ ފްލައިޓެއް ޗާޓަރުކޮށްގެންނެވެ. 

އެޗްޕީއޭއިން ބުނީ ރައީސް އޮފީހުގެ އެދުމަކަށް ހުއްދަތަކެއް ދޫކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ހުއްދަދިން ބޭފުޅުންގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ ޓީމުގައި ހިމެނޭ ބޭފުޅުން ހިމެނޭކަން ނުވަތަ ނޫންކަން އެނގިފައެއް ނުވެ އެވެ. 

އެޗްޕީއޭގެ އުސޫލުތައް އޮންނަ ގޮތުން މާލެއިން އެހެން ރަށަކަށްދާނަމަ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭއިރު ވަކި ހާއްސަ ހުއްދައެއް ހޯދައިގެން ކަރަންޓީނުނުވެ ރަށްރަށަށް ދަތުރުކުރުމުގެ ފުރުސަތު ވެސް އަންނަނީ ދެމުންނެވެ. އަދި އެ ހުއްދަ ދެމުން އަންނަނީ ފަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ދާނަމަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް