ފެމިލީ ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދަނިކޮށް ހުއްދަ ނުހޯދައި އެ ތަނުން ނުކުތް މައްސަލާގައި ތިން ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ، މ. ހުދުކަނީރުގެ ފާތިމަތު ޝިއުނާ ކިޔާ އަންހެނެކެވެ.
އެ މައްސަލާގައި ކޯޓުން ކުރި ހުކުމުގައި ބުނީ ޝަރީއަތުގެ އަޑުއެހުމެއް ހިނގަމުންދަނިކޮށް، ގާޒީގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލިސް ދޫކޮށް ނުދެވޭނެ ކަމާއި ފިޔަވަޅު އެޅޭނެކަން އަންގާފައިވަނިކޮށް، ގާޒީގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލީހުން އޭނާ ނުކުތް ކަމަށެވެ.
ހުކުމުގައިވާ ގޮތުން، އެ މީހާ ނުކުމެގެން ދިޔައީ ކޯޓުގެ ރިސެޕްޝަނުގެ ތެރެއިން ލީގަލް އޮފިސަރު އިންނަވާ ކޮޓަރި ތެރެއަށް ވަދެ، އެތަނުން ކޯޓުގެ ލޮބީ ސަރަހައްދުންނެވެ.