ads
އެލީ ލަވަ ރިކޯޑް ކުރަނީ-- ފޮޓޯ: ނަޒޫ/ ސަން
ކޮވިޑާ ގުޅިގެން ބާއްވާ ކޮމަންވެލްތު ލަވަ ޕްރޮޖެކްޓެއްގައި އެލީ ރާއްޖެ ތަމްސީލްކުރަނީ
ކޮވިޑް-19 އާ ގުޅިގެން ކޮމަންވެލްތުން ހިންގާ ހާއްސަ މިއުޒިކަލް ޕްރޮޖެކްޓެއްގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ ދަރިފުޅު، ލައިބާ އަހްމަދު މަހްލޫފު (އެލީ) ރާއްޖެ ތަމްސީލް ކުރަން ހަމަޖެހިއްޖެ އެވެ.

ދާދި ފަހުން ލަވަކިޔުމުގެ ހުނަރު މުޅި ރާއްޖެއަށް ދައްކާލި އެލީ ބައިވެރިވެފައި ވަނީ "ޔުނައިޓިން ދަ ކޮމަންވެލްތު ތްރޫ މިއުޒިކް ޑިއުރިން ކޮވިޑް-19" ޕްރޮޖެކްޓުގަ އެވެ. 

މި ޕްރޮޖެކްޓުގައި ބައިވެރިވުމަށް ކޮމަންވެލްތު ސެކްރެޓޭރިއަޓުން ހުޅުވާލި ފުރުސަތުގައި އެލީ ހުށަހެޅި އެޕްލިކޭޝަން ކޮމަންވެލްތުން ވަނީ ބަލައިގަނެފަ އެވެ. އެހެންކަމުން ގިނަ ގައުމުތައް އެކުވެގެން ހުށަހަޅައިދޭ މިއުޒިކަލް ޕަފޯމަންސްގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު އެލީއަށް ވަނީ ލިބިފަ އެވެ. 

އެ ފުރުސަތު ލިބުމުން އެލީ ބުނެފައި ވަނީ ކޮމަންވެލްތުގެ މި ޕްރޮޖެކްޓުގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ސްކޫލަށް ދިޔުން ހުއްޓާލަން ޖެހި ރަހުމަތްތެރިންނާ ދިމާނުވާތީ ދެރަވާ ކަމަށާއި، މި ޕްރޮޖެކްޓުގައި ލަވަ ކިޔާލަން ކެތްމަދުވެފައި ހުރި ކަމަށް އެލީ ބުނެފައި ވެއެވެ. 

މި ޕްރޮޖެކްޓުގައި ކޮމަންވެލްތުގެ 54 ގައުމުން، ކޮންމެ ގައުމަކުން ވެސް އެއް މިއުޒިޝަން ވާޗުއަލް ޕަފޯމަންސްގައި ބައިވެރިވާނެ އެވެ. ކޮމަންވެލްތުން މި ޕްރޮޖެކްޓު ކުރިއަށް ގެންދަނީ ޕްރޮފެޝަނަލް މިއުޒިކް ގްރޫޕް "ޑަޔޮނިސަސް އެންސެމްބްލް" އާ ގުޅިގެންނެވެ. 

މަހްލޫފާއި އެލީގެ އަޑުން ކިޔާފައިވާ "ކިޔާ ދޫ ތަކުން" ގެ ކަވާއެއް ނަސްރުގެ ދުވަހާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހު ޔޫޓިއުބުގައި ރިލީޒްކޮށްފައި ވެއެވެ.

މީގެ ކުރިން ވެސް އެލީ އާއި މަހްލޫފްގެ އަޑުން ލަވަތައް އިވިފައި ވެއެވެ. އެގޮތުން ބައެއް ޓީވީ ޝޯތަކުގައި މަހްލޫފްގެ ލަވަތައް ހުށަހަޅައިދެއްވާފައި ވެއެވެ. 

77%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް