ads
ފޮޓޯ: އެމްއެންޑީއެފް
ސެނަހިޔާގައި ނާރުގެ ބަލިތަކަށް ޓެސްޓް ހެދޭނެ ގޮތް ހަދައިފި
ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ހިދުމަތް އަޕްގްރޭޑް ކުރުމަށްފަހު ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
Advertisement

އެމްއެންޑީއެފުން ބުނީ އެ ހިދުމަތްތައް ތައާރަފުކުރުމަށް މިއަދު ސެނަހިޔަގައި މިލިޓަރީ ހޮސްޕިޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ލެބޯޓްރީ ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ޗެއާޕާސަން  ފާތިމަތު ފިރާޝާ ކަމަށެވެ.

ލެބޯޓުރީން ދެމުގެންދާ ހިދުމަތްތައް އިތުރުކޮށް ނާރުގެ ބަލިތަކާ ގުޅުންހުރި ޓެސްޓްތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު މިއީ ސެނަހިޔައިން މުޅިން އަލަށް ދޭންފެށި ހިދުމަތެއް ކަމަށް ބުނެ އެވެ. 

އޭގެ އިތުރުން ލެބޯޓްރީއަށް ގެނެވިފައިވާ ބަދަލުތަކާއެކު ލޭގެ ސާމަޕަލު ނެގުމަށް ހަތަރު ސްޓޭޝަނެއް ގާއިމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ތުއްތު ކުދިންގެ ލޭގެ ސާމަޕަލް ނެގުމަށް ހާއްސަ ސްޓޭޝަނަކާއި އެ ބަދަލުތަކާއެކުގައި އެކްސްރޭ، ފިޒިއޮތެރެޕީ، އަދި ލެބޯޓްރީގެ ހުދުމަތަށް އެދޭ މެމޯ ހެއްދުމުގެ ހިދުމަތް ލެބޯޓްރީ ކައުންޓަރުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ.

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ހިދުމަތް ތަރައްގީކުރުމަށް ފަހު ލެބޯޓްރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، އެމްއެންޑީއެފްއިން ކޮންމެ ހަފުތާއަކު ނެރޭ ހަފްތާ މަޖައްލާގެ ނޯޓިސް ބޯޑެއް ސެނަހިޔަ އޯޕީޑީ ސަރަހައްދުގައި ހުޅުވާފައިވެ އެވެ. 

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ހިދުމަތް އަޕްގްރޭޑް ކުރުމަށްފަހު ލެބޯޓްރީ ހުޅުވަމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް މެޑިކަލް ކޯ ގެ ސާޖަން ޖެނެރަލް، ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދާއި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ޑެޕިއުޓީ ކޮމާންޑިން އޮފިސާ މޭޖާ އައިމިނަތު ޝުމްރާއާއި ސެނަހިޔަގެ އިސް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް