"މާލެ ތޮއްޖެހުން ކުޑަކުރުމަށާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާ އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި މާލެއަކީ ހިތް ފަސޭހަ ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. ހުސްޖާގަތައް ހަދައި، ބަންދުކޮށްފައިހުރި ތަންތަނާއި މަގުތައް ހުޅުވައި މަގުތަކުގެ ކާރޫބާ ރޫއާއި ޓްރެފިކަށް ލުއިކަން ހޯދައިދެވޭނެއެވެ. އެއްގަމު އުޅަނދުފަހަރު ޕާކްކުރާނޭ އެކަށީގެންވާ އިންތިޒާމެއް ކުރެވި، މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދޭނެއެވެ."
މިއީ ސަރުކާރުގެ އުންމީދީ މެނިފެސްޓޯއިން ދަތުރުފަތުރަށް ދިން އިސްކަމުގެ ވަރަށް ކުޑަކުޑަ ބަސްކޮޅެކެވެ. އެ އުންމީދީ މެނިފެސްޓޯއާއިއެކު ރައްޔިތުންނަށް ދިން ޔަގީންކަމުން 2018 ވަނަ އަހަރުގެ އިންތިހާބު ހަތަރު ލީޑަރުން ގުޅިގެން ގެނައި ކޯލިޝަން ސަރުކާރު ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ.