ads
އެއްބަސްވިގޮތަށް ކަންކަން ނުވިޔަސް ކޯލިޝަންގައި ތިބޭނަން: ގާސިމް
ކޯލިޝަން ހެދި އިރު އެއްބަސްވެފަިއވާ ކަންތައްތައް އެގޮތަށް ނުވި ނަމަވެސް ކޯލިޝަނުން ވަކި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ކޯލިޝަން ރޫޅާލުމަށް ވާހަކަ ދައްކަނީ ކޮން ބައެއްކަން ރައްޔިތުންނަށް ސާފުވާނެ ކަމަށާއި، އެމްޑީޕީގެ ބައެއް ބޭބޭފުޅުން ކޯލިޝަން ރޫޅާލަން ވާހަކަ ދައްކަވާކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މަސައްކަތް ކުރުމަށްފަހު ޖޭޕީ އާއި ގުޅުނު ފަރާތްތަކުން ކޯލިޝަން ރޫޅާލުމަށް މަސައްކަތް ނުކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. 

ގާސިމް ވިދާޅުވީ އެއްބަސްވުމުގެ ތެރެއިން ޖޭޕީއަށް ފުރުސަތު ދިންކަންކަން ވެސް ސާފުނުވާ ކަމަށެވެ. އަދި ޖޭޕީން އިސްވެ ކޯލިޝަނުން ނުނިކުންނާނެ ކަމަށްވެސް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަށް އެ އެއްބަސްވެވަޑައިގެންފައި އޮތް ގޮތަށް، މުޅިން 100 ޕަސެންޓް އެއްގޮތަށް ވަޒީފާތަކާއި ކަންތަކުގައި އެއްބަސްވުމާ އެއްގޮތަށް، 100 ޕަސެންޓް ދިޔަޔަސް، ނުދިޔަޔަސް އަޅުގަނޑުމެން މިތިބީ ސަރުކާރުން، އެމްޑީޕީއިން އަޅުގަނޑުމެން ވަކިކޮށްފައި އެއްލައިލާތޯ ބަލަން"

ޖޭޕީގެ ސްލޮޓްގައި މިނިސްޓަރު ކަމުގައި މީގެ ކުރިން ތިބި ފަރާތްތައް ކަމަށްވާ އަލީ ވަހީދާއި އަބްދުﷲ އަމީނާއި ގުޅޭގޮތުން ސުވާލު ކުރުމުން ގާސިމް އެބޭފުޅުންގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެއް ނުވެ އެވެ. އަދި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހާއި ގުޅޭގޮތުން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ މަލީހުގެ މައްސަލައިގައި އެއްޗެއް ވިދާޅުވުމަށް އިނގޭނީ މައްސަލައަށް ބެލުމަށްފަހު ކަމަށެވެ. އަދި މައްސަލަތަކެއް ހުރެއްޖެ ނަމަ އެކަންވެސް ގަބޫލުކުރައްވާނޭ ކަމަށް ވިދާޅުވި އެވެ.  

ޖޭޕީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އެޕާޓީގެ ރައީސް އަލީ ވަހީދު މަގާމުން ވަކިކުރީ އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއި އެކު އެވެ.  އަދި ހެލްތް މިނިސްޓަރުގެ މަގާމުގައި ހުރި އަބްދުﷲ އަމީން މަގާމުން އިސްތިއުފާދިނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް ނިންމި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކޮރަޕްޝަންގެ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ތުހުމަތުކުރެވުމުންނެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް