ބާސާއާއި މެސީއާ ދެމެދު އުފެދިފައިވާ ނުވަނަވަސްކަމުގައި އޭނާ ނިމުނު ޓްރާންސްފަ ވިންޑޯގައި ބާސެލޯނާ ދޫކޮށްލުމާ ދާދި ގާތަށް ދިޔައެވެ. އަދި އޭރު ބޮޑަށް ބެލެވުނީ މެސީ ސޮއިކުރާނީ ސިޓީއަށް ކަމަށެވެ. މެސީއާ ބާސާއާ ދެމެދު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ނިމޭއިރު، ޖެނުއަރީގައި ސްޕެއިނުން ބޭރުގެ ކޮންމެ ކްލަބަކާ އެކުވެސް މެސީއަށް ޕްރީ ކޮންޓްރެކްޓެއް ހެދިދާނެއެވެ.
މެސީއާ ގާޑިއޯލާވަނީ ދެހާސް އަށަކުން ފެށިގެން ދެހާސް ބާރައިގެ ނިޔަލަށް އެކުގައި މަސައްކަތްކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މެސީ ބަދަލުުވުން އެންމެ ގާތީ ސިޓީއަށެވެ. އަނެއްކޮޅުން ގާޑިއޯލާވަނީ ހުސްވި ހަފުތާ ތެރޭ ސިޓީގެ ކޮންޓްރެކްޓް އިތުރު ދެ އަހަރަށް އިތުރުކޮށްފައެވެ. އެކަމަކު ގާޑިއޯލާ ބުނީ މެސީ ހުންނަންވާނީ ބާސެލޯނާގައި ކަމަށެވެ.