ads
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން-
ޝަރުއީ ދާއިރާގެ ރެކޯޑް ސާފުކުރުން ޑީޖޭއޭއަށް ބަދަލުކޮށްފި
ޝަރުޢީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންތައްތައް ދެން ކުރިއަށް ގެންދާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޑީޖޭއޭ ބުނީ  އެގޮތަށް ހަމަޖައްސާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިންވަނަ އިސްލާހް ގެނައުމާއި ގުޅިގެން މަރުކަޒީކޮށް ކުށުގެ ރެކޯޑް ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމަށް، އެޓާނީ ޖެނެރަލް ކަނޑައަޅުއްވާފައި ވާތީކަމަށެވެ.

އެގޮތުން މާދަމާއިން ފެށިގެން ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ޑީޖޭއޭއިން ކަމަށް އެ އޮފީހުން ބުނެއެވެ. ޑީޖޭއޭއިން ބުނީ ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ފުރިހަމަކުރެއްވުމަށްފަހު، އެއޮފީހުގެ އީމެއިލް އެޑްރެސް އަށް މެއިލް ކުރެއްވުމުން ވެސް ރެކޯޑު ސާފުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރެކޯޑު ސާފުކުރުމަށްފަހު މެއިލް މެދުވެރިކޮށް އެފަރާތަކަށް ޖަވާބު ފޮނުވާނެކަމަށް އެ އޮފީހުން ބުނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެ އިސްލާހުގައި ވާގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް އެޓާނީ ޖެނެރަލް ކަނޑައަޅަންވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް