ހޮނިހިރު ދުވަހުގެ ރޭ ޓޮޓެންހަމުން ސިޓީ ބަލިކުރީ ދެ ލަނޑު ސުން ލަނޑުންނެވެ. ހޮނިހިރު ދުވަހުގެ ރޭގެ މެޗުގައި ޓޮޓެންހަމުން ލީޑު ނެގީ މެޗުގެ ވަރަށް ކުރީކޮޅު ދެކުނު ކޮރެއާގެ ފޯވާޑް ހެއުން މިން ސޮންގެ ލަނޑުންނެވެ. ޓޮޓެންހަމްގެ ދެވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ ޖިއޮވާނީ ލޮ ސެލްސޯއެވެ.
ސިޓީ ބަލިކޮށް ޓޮޓެންހަމުން އެއްވަނައަށް އެރީ ނުވަ މެޗުން ވިހި ޕޮއިންޓާ އެކުއެވެ. ދެވަނައިގަ އޮތް ޗެލްސީއަށް ނުވަ މެޗުން ލިބިފައިވަނީ އަށާރަ ޕޮއިންޓެވެ.