ads
ސިޑްނީގެ ސްްޓްރީޓް ލައިބްރަރީ އިން ކުދިންތަކެއް ފޮތް ކިޔަނީ---
ފޮތް ކިޔަން ލޯބި ކުރާ މީހުންނަށް އުފާވެރި ހަބަރެއް: މާލެއަށް ސްޓްރީޓް ލައިބްރަރީ އަންނަނީ!
ސްޓްރީޓް ލައިބްރަރީއަކީ ރާއްޖެއަށް އާ ކަމެއް ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އާއްމު އެއްޗެކެވެ. އަދި ވަރަށް ގިނަ ބަޔަކަު ބޭނުން ކުރަމުން އަންނަ ހިދުމަތެކެވެ.
Advertisement

ސްޓްރީޓް ލައިބްރަރީ އަކީ އާއްމުން ބޭރަށް ނިކުމެ މައިޒާންތަކާއި ޕާކުތަކުގައި ތިބެގެން އެމީހުންގެ ހުސް ވަގުތުތައް ކުރުކޮށްލުމަށް އަދި ހާއްސަކޮށް ފޮތް ކިޔުމަށް ލޯބިކުރާ ފަރާތްތަކަަށް އެތަންތަނުގައި ތިބެގެން ފޮތް ކިޔާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ގާއިމް ކުރެވޭ ކުތުބުހާނާ ތަކެކެވެ.

ހެރިޓޭޖް މިނިސްޓްރީގެ ފަރާތުން ޑެޕިޔުޓީ މިނިސްޓަރު އަހްމަދު މުހުސިން ވަނީ ރާއްޖޭގައި ގާއިމްކުރާ ސްޓްރީޓް ލައިބްރަރީ އާ ބެހޭ މައުލޫމާތު ސީއެންއެމް އާ ހިއްސާކޮށްފައެވެ. އެގޮތުން މުހުސިން ވިދާޅުވީ ސްޓްރީޓް ލައިބްރަރީ ގެ ހިދުމަތް އަންނަ މަސް ތެރޭ މާލޭގެ ދެ ސަރަހައްދަކުން އާއްމުންނަށް ދެމުންދާނެ ކަމަށެވެ. 

"ސްޓްރީޓް ލައިބްރަރީވެސް މިހާރުވަނީ ނިމިފަ. ގާތްގަނޑަކަށް މި ބަލަނީ މި ހަފްތާ ތެރޭގައި ސިޓީ ކައުންސިލާއިއެއްކޮށް އެމްއޯޔޫ އެއްގައި ސޮއި ކުރެވޭ ވަރު ވާނެކަމަށް. މިހާރު ސްޓްރީޓް ލައިބްރަރީ އަނެއްހެން ތައްޔާރު ކުރެވިފަ ހުރީ. ބަހައްޓާނެ ތަނަކާ މެދު ސޮއި ކުރާނީ ސިޓީ ކައުންސިލާއިއެކު. ސްޓްރީޓް ލައިބްރަރީ އަކީ ޕާކު ކަހަލަ ގިނައިން މީހުން އެއްވެ އުޅޭ ތަނެއްގައި އަޅުގަނޑުމެން މި ގާއިމުކުރަނީ ފޮތް ހަރެއް. ދެން ކޮންމެ މީހަކުވެސް ފޮތް ކިޔާފަ އެ ފޮތް ލާފަ ދާގޮތަށް. ހަމަ ގައިމުވެސް އަންނަ މަސްފެށެން ވާއިރަށް އޭގެ ދެ ތަނެެއް ގާއިމް ކުރެވޭ ވަރު ވާނެ ނޫނީ އަންނަ މަހު ކުރީ ކޮޅު" މުހުސިން ވިދާޅުވިއެވެ.

މާލޭގައި ގާއިމު ކުރާ ސްޓްރީޓް ލައިބްރަރީ ގާއިމް ކުރެވިގެންދާނީ މާލޭ ސަރަހައްދުގެ ކޮންމެވެސް އެއް ޕާކަކާއި ދާރުލްއާސާރު ކުރިމަތީ އޮންނަ މައިޒާންގައި ކަަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އެޔާއިއެކު އާއްމުންނަށް އެތަންތަނަށް ގޮސް ފޮތް ކިޔާލުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. އޭގެއިތުރުން ހެރިޓޭޖް މިނިސްޓްރީން ދަނީ ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް މިފަދަ ސްޓްރީޓް ލައިބްރަރީތައް ގާއިމުކުރުމަށް ވިސްނަމުންނެވެ.

ރާއްޖޭގައިވެސް ނިސްބަތުން ބޮޑު ބަޔަކީ ތަފާތު އެކި ފޮތްތައް ކިޔުމަށް ލޯބިކުރާ ބަޔަކަށް ވާއިރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރެވިގެންދާ ސްޓްރީޓް ލައިބްރަރީ އަކީ އާއްމުން ފޮތްތަކަށް ޝައުގުވެރިކުރުވާ ބޭރުގައި ހޭދަކުރާ ވަގުތުތަކުގައި ވެސް އަބަދުވެސް ކޮންމެ ވެސް އިލްމެއްގެ ތެރޭގައި އުޅެވޭ ކޮންމެވެސް އެއްޗެއް ދަސްކުރުމަށް ކޮށާދެވޭ މަގަކަށް ވާނެއެވެ. 

ހަވީރުގެ ވަގުތުގައި އާއިލާއާއި އެކީ ހިތްހަމަ ޖައްސާލުމަށްޓަކައި ދާ ޕާކުތަކުގައިވެސް އާއްމުކޮށް ހުންނަނީ ކޮންމެވެސް ކުޅިވަރެއް ކުޅޭނެ ސާމާނެކެވެ. މި ގެންނަ ބަދަލާއެކު ޖިސްމާނީ ދުޅަހެޔޮކަމާއެކު ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހީވެދޭނެ އެވެ. އެއީ މަޑުމައިތިރިކަމާއެކު ތިބެގެން ފޮތް ކިޔައި، އެހެން ކުދިންނާ އެންގޭޖުވެ، ވިސްނުން ހިންގާލުމުގެ ފުރުސަތު މީގެ ސަބަބުން ތަނަވަސްވާނެތީ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް