ads
ރެންޑަމް ސާމްޕަލް ނެގުން--
އިތުރު 30 މީހަކު ޕޮޒިޓިވްވެއްޖެ
ރާއްޖެއިން އިތުރު 30 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1763 ސާމްޕަލެއް ނަގާފައިވާއިރު ޕޮޒިޓިވްވީ 30 މީހެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި އަށް ބިދޭސީއެކެވެ. 

މިއަދު މާލޭ ސަރަހައްދުން 27 މީހަކު ޕޮޒިޓިވްވިއިރު އަތޮޅު ތެެރެއިން ޕޮޒިޓިވްވީ ތިން މީހެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،608 އަށް އަރާފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 11،599 ގައި އުޅޭއިރު މިހާރު ފަރުވާދެމުންދަނީ 956 މީހަކަށެވެ. 

މިހާރު ރާއްޖެއިން ކޮވިޑްގައި 46 މީހަކު މަރުވެފައިވާއިރު 86 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް