އެ މަޝްވަރާތައް ކޮށްފައިވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތާރް މުޚްތާރް އާއި ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުން މިއަދު ބައްދަލުކުރައްވާ ބޭއްވި ބައްދަލުވުމުގަ އެވެ.
އެ ކޮމިޝަނުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ މުވައްޒަފުންނަށް ޕާކިސްތާނުގައި ތަމްރީނުވުމަށާއި އަދި ތަޖުރިބާ ހިއްސާކުރުމުގެ އިތުރު ފުރުސަތުތައް ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވާއިރު މީގެ ކުރިން ޕާކިސްތާނުގެ އެމްބަސީ އާއި ސިވިލް ސާވިސް ކޮމިޝަނާ ދެމެދު މަޝްވަރާކުރެވިފައިވާ ކަންކަމާއި ގުޅޭގޮތުން އެމްއޯޔޫތައް އެކުލަވާލުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އެ ބައްދަލުވުމުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާއި އަތާރް މުޚްތާރް ހަވާލުވެވަޑައިގަންނަވާފައިވާތީ އެ ކަމަށް އެ މަނިކުފާނަށް ކޮމިޝަނުގެ މެންބަރުންވަނީ މަރުހަބާ ދަންނަވާފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އާއި މެންބަރު މުހައްމަދު ފަރުޞަތާ، މެންބަރު ފާތިމަތު އާމިރާގެ އިތުރުން މެންބަރު ފާތިމަތު ޝަރީފްވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.