ads
ފޮޓޯ: ރައީސް އޮފީސް
ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރާ ގުޅޭ މަޝްވަރާތަކެއް ބާއްވައިފި
ލ. ކަޅައިދޫގައި ސަރުކާރުން ބިނާކުރުމަށް ނިންމާފައިވާ "ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު" ގެ މަޝްރޫޢާ ގުޅޭގޮތުން ކަމާގުޅޭ ވަޒީރުންނާއި، މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ނައިބް ރައީސް މަޝްވަރާކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮތް އެ މަޝްވަރާ ބައްދަލުވުމުގައި ނައިބް ރައީސް ވިދާޅުވީ ޒުވާނުންގެ ކަންކަން ހަރުދަނާކޮށް، ބާރުވެރިކުރުވައި، ހުރިހާ ޒުވާނުންނަކީ މަސައްކަތްތެރި، އަދި ގައުމަށް ފާއިދާކުރަނިވި ބަޔަކަށް ހެދުމަށް މަސައްކަތްކުރުން މުހިއްމު ކަމަށެވެ. އެގޮތުން ކަޅައިދޫގައި ބިނާކުރާ އެ މަރުކަޒުން ޒުވާނުންނަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތާއި، އަމިއްލަ މަސައްކަތެއް ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އެ މީހުންނަކީ ފޯރުންތެރި ބަޔަކަށް ހެދުމަށް މަގުފަހިކޮށްދިނުން އެއީ އެ މަރުކަޒުގެ މުހިންމު އެއް އަމާޒުކަމަށް ވިދާޅުވި އެވެ. 

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގެ ބައިވެރިން ވަނީ، މި މަޝްރޫއާ ގުޅޭގޮތުން އެ ބޭފުޅުންގެ ހިޔާލާއި ވިސްނުން ނައިބް ރައީސްއަށް އަރުވާފައި ކަމަށެވެ. 

ކަޅައިދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އެ މަރުކަޒަކީ ޒުވާނުންނަށް އަމާޒުކޮށް ތައުލީމާއި ހުނަރާއި ތަރުބިއްޔަތުގެ އެކިއެކި ޕްރޮގްރާމުތައް ހިންގުމަށް ބިނާކުރާ މަރުކަޒެކެވެ. އަދި އެމަރުކަޒުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވާ މީހުންނަށް ބޭނުންވާނެ އެކި ވަސީލަތްތައް އެ ރަށުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު އެ ޕްރޮގްރާމުތައް ފުރިހަމަކުރާ ފަރާތްތަކަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތާއި އަމިއްލަ މަސައްކަތެއް ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.

ހުސްވި ހަފުތާ ބަންދުގައި ރައީސުލްޖުމްހުރިއްޔާގެ ނައިބު ވަނީ ލ. ކަޅައިދުއަށް ވަޑައިގެން، "ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު" ބިނާކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ޒިޔާރަތްކުރައްވާ، އެ ސަރަހައްދު ބައްލަވާލައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް