ads
ނައިބު ރައީސް ފައިސަލް ނަސީމް--
ހުރިހާ ޒުވާނުންނަކީ މަސައްކަތްތެރި ބަޔަކަަށް ހަދަންޖެހޭ: ނައިބު ރައީސް
ޒުވާނުންގެ ކަންކަން ހަރުދަނާކޮށް، ބާރުވެރިކުރުވައި، ހުރިހާ ޒުވާނުންނަކީ މަސައްކަތްތެރި، އަދި ގައުމަށް ފާއިދާކުރަނިވި ބަޔަކަށް ހެދުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުޅުވެއްޖެ އެވެ.

ލ. ކަޅައިދޫގައި ސަރުކާރުން ބިނާކުރުމަށް ނިންމާފައިވާ "ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު" ގެ މަޝްރޫއާ ގުޅޭގޮތުން ކަމާގުޅޭ ވަޒީރުންނާއި، މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވުމަށް މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ ކޮންމެ ޒުވާނަކީ ވެސް މަސައްކަތްތެރި އަދި ގައުމަށް ފައިދާކުރަވަނި ކަމެއް ކުރާ ބަޔަކަށް ހެދުން ވަރަށް މުހިންމު ކަމަށެވެ. 

އެގޮތުން ކަޅައިދޫގައި ބިނާކުރާ އެ މަރުކަޒުން ޒުވާނުންނަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތާއި، އަމިއްލަ މަސައްކަތެއް ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އެ މީހުންނަކީ ފޯރުންތެރި ބަޔަކަށް ހެދުމަށް މަގުފަހިކޮށްދިނުން އެއީ އެ މަރުކަޒުގެ މުހިންމު އެއް އަމާޒުކަމަށެވެ. 

އެ ބައްދަލުވުމުގައި އެ މަޝްރޫއުގައި ބައިވެރިވާ ވުޒާރާތަކާއި މުވައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގެ ގޮތުން މަޝްވަރާކޮށްފައިވާއިރު، ބައްދަލުވުމުގެ ބައިވެރިން ވަނީ، އެ މަޝްރޫއާ ގުޅޭގޮތުން އެ ބޭފުޅުންގެ ހިޔާލާއި ވިސްނުން ނައިބު ރައީސް އާއި ހިއްސާކުރައްވާފަ އެވެ.

ކަޅައިދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އެ މަރުކަޒަކީ ޒުވާނުންނަށް އަމާޒުކޮށް ތައުލީމާއި ހުނަރާއި ތަރުބިއްޔަތުގެ އެކިއެކި ޕްރޮގްރާމުތައް ހިންގުމަށް ބިނާކުރާ މަރުކަޒެކެވެ. އަދި އެ މަރުކަޒުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވާ މީހުންނަށް ބޭނުންވާނެ އެކި ވަސީލަތްތައް އެ ރަށުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު އެ ޕްރޮގްރާމުތައް ފުރިހަމަކުރާ ފަރާތްތަކަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތާއި އަމިއްލަ މަސައްކަތެއް ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް