ads
ބީއެމްއެލްގެ އެމްޑީ ޓިމް ސޯޔާ އެފްއެލްސީގެ ކޯ ޗެއާ ޝަފީއާ ރިޒާ އާއި ބައިލައްކަ ރުފިޔާގެ އެހީ ހަވާލުކުރެއްވުން--- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް އިން އެފްއެލްސީ އަށް އެހީތެރިވެދީފި
ދައުލަތުގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގާނޫނީ އެހީތެރިކަންދޭ ޖަމިއްޔާއަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެގޮތުން މިއަދު ބީއެމްއެލް އިން ފެމިލީ ލީގަލް ކްލިނިކް (އެފްއެލްސީ) އަށް ބައިލައްކަ ރުފިޔާގެ އެހީ ދީފައިވާ އިރު، އެއީ އެ ޖަމިއްޔާގެ ފަރާތުން ކުރިޔަށް ގެންދާ ލީގަލް އެހީ ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށާއި، އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ދެވުނު މާލީ އެހީތެރިކަމެއްކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މިއަދު ހެނދުނު ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި އެފްއެލްސީ އާއި ބައިލައްކަ ރުފިޔާގެ އެހީ ހަވާލުކޮށްދެއްވީ ބީއެމްއެލްގެ މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ އެވެ. އެފްއެލްސީގެ ފަރާތުން އެ އެހީ އާއި ހަވާލުވެވަޑައިގަތީ އެ ޖަމިއްޔާގެ ކޯ ޗެއާޕާސަން ޝަފީއާ ރިޒާ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓިމް ވަނީ ވޭތުވެދިޔަ ހަ އަހަރު، އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ފެމިލީ ލީގަލް ކްލިނިކް އިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަ ކުރައްވައި، އެ ޖަމިއްޔާ އަށް ޝުކުރު ދަންނަވައިފަ އެވެ.

ބީއެމްއެލް އިން ދީފައިވާ ފައިސާގެ އެހީ ފެެމިލީ ލީގަލް ކްލިނިކް އިން ބޭނުން ކުރަން ހަމަޖެހިފައިވަނީ ގާނޫނީ އެހީ ހިލޭ ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށްވާ އިރު، އެ އެހީގެ ބޭނުންކޮށްގެން ގާނޫނީ އެހީ އާއި ބެހޭ މައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.

ބީއެމްއެލް އިން ފެމިލީ ލީގަލް ކްލިނިކް އަށް ފައިސާގެ އެހީތެރިކަން ދީފައިވަނީ އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅުވައިގެންނެވެ.

މީގެ ކުރިންވެސް ބީއެމްއެލް އިން އެކި ފަހަރު މަތިން އެކި ޖަމިއްޔާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް