ads
ޝަހްޒާދު އަދި ނެހާ
ލޯނެއް ނަގައިގެން އޮޑިޝަނަށް ދިޔުމުން ނެހާ އެއްލައްކަ ރުޕީސްދީފި
އިންޑިއަން އައިޑަލް އިން ފެނިގެންދަނީ މުޅިން ވެސް ހުނަރުވެރިންނެވެ. މިފަހުން ސޮނީއިން ދޫކޮށްލި ވީޑިއޯއަކުން ފެނިގެންދަނީ ޖެއިޕޫރަށް ނިސްބަތްވާ ޝަހްޒާދް އަލީ އަށް ޝޯގެ ޖަޖެއް ކަމަށްވާ ނެހާ ކައްކަރު އެހީވާ މަންޒަރެވެ.
Advertisement

އެ ވީޑިއޯގައި ނެހާ އާއި ވިޝާލް ދަޑްލާނީ ޝަހްޒާދް ވެސް އެހީވާން ނިންމިއިރު ޗެނަލުން ޓްވީޓާއަށް ދޫކޮށްލި ވީޑިއޯގެ ކެޕްޝަނުގައި ވަނީ އޭނާގެ ވާހަކައިން ވަރަށް އަސަރުކޮށް، އެނާއަށް ވަނީ ހަދިޔާއެއްދީފައި ކަމަށެވެ. އެއީ އިންޑިއަން އައިޑަލްގެ މިމަހުގެ 28 ގައި އޮތް އެޕިސޯޑުން ފެނިގެންދާނެ ބައެކެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި ނެހާ ދީފައި ވަނީ އޭނާއަށް އެއް ލައްކަ ރުޕީސް އެވެ. އެގޮތުން އައިޑަލްގެ އޮޑިޝަނަށް އޭނާ ފޮނުވީ މާމަ ލޯނެއް ނަގައިގެން ކަމަށް ވެ އެވެ. އެހެންވެ އާއިލާއަށް އެހީވާން ނެހާ ނިންމީ އެވެ. 

ނެހާ، މިވަނީ މިދިޔަ އޮކްޓޫބަރުގައި އޮތް އޭނާގެ ކައިވެންޏަށް ފަހު މަސައްކަތަށް ނިކުމެފަ އެވެ. ނެހާ އާއި އޭނާގެ ފިރިމީހާ ރޯހަންޕްރީތު އެންމެ ފުރަތަމަ ދިމާވެފައި ވަނީ ލަވައެއްގެ ޝޫޓިންގެ ތެރެއިންނެވެ. އެހެންވެ ކައިވެނި ކައިރިވެފައި ވަނިކޮށް ދެތަރިން ވަނީ ލަވައެއް ވެސް ކުޅުމަށް ފަހު ނެރެފަ އެވެ. 

އައިޑަލްގެ ބައިވެރިއަކަށް ނެހާ އެވީވިއިރު އޭނާ ވަނީ މީގެ ކުރިން ވެސް މިގޮތަށް އެތައް ބަޔަކަށް އެހީވެފަ އެވެ. 

89%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް