ads
ވީޑިއޯ ރިޕޯޓް
ޒުވާނުން ޑަސްބިން ހާވަން މަޖުބޫރު ކުރުވަނީ ދައުލަތުން!
މިފަހަކުން އައިސް ގޭގެއިން ނެރޭ ކުނިކޮތަޅުތަކުގައި ހުންނަ ކާއެއްޗެހި ހޮވާ ކާތަން ފެންނަ މަންޒަރުތަކަކީ އާއްމު މަންޒަރެކެވެ.

މިފަހަކުން ގޭގެއިން ނެރޭ ކުނިވަށިގަނޑަކީ މަގުމަށްޗަށް ބޭކާރު އެއްޗަކަށް ނުވެއެވެ. އެ ވެގެންދަނީ ވަންނާނެ ތަނެއްނެތި މަގުމަތީ ލާޗާރު ބިޗާރުވެގެން އުޅޭ ކަމަށް ބުނާ ޒުވާނުންނަށް ކޮށްލެވޭ ސަދަގާތަކަށެވެ. 

މަގުމަތީ އާއްމުން ބަހައްޓާފައިވާ ކުނިކޮތަޅުތަށް ހާވާ އޭގައި ހުންނަ ކާއެއްޗިއްސާއި އެހެނިހެންވެސް އެއްޗެހި ހޮވާގެން ކާ މަންޒަރު ސަރުކާރުގެ މުވައްސަސާތަކަށް ނުފެނުނަސް އަޅުގަނޑުމެންގެރ ދެލޮލަށް ފެނި ހިތަށް ކެތްވާވަރެއް ނުވެއެވެ. ސޯޝަލް މީޑިއާގައިވެސް މިފަދަ އެތަށާް މަންޒަރެއް ފެނިގެންދާއިރު މީން ޒަމާނެއްގައިވެސް ކުނިވަށިގަނޑޔ ހާވާގެން ކާ މަންޒަރު ފެނިފައި ނުޔވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެހެންކަމުން މިއަދު ވަކި މިމަންޒަރު ފެންނަނަން ޖެހެނީ ކީއްވެގެންހެއްޔެވެ؟

އަޅުގަނޑު އަމިއްލަ ތަޖުރިބާއެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. ގަޑިޖެހިގެން އަވަސް އަރުވާލާފައި އޮފީހަށް އައަި ދުވަހެކެވެ،. ވަރަާށް ބާރަށް ހިގާފައި އައި ފިޔަވަޅުގެ މަށްޗަށް  ވެސް ހުއްޓުން އެރީ ×ުވާން ޮފިރިހރން ކުބއްޖަކު މަގުމަތީ ބަހައްޓާފައި ހުރި ކުނި ޑަސްބިން ތެރެއަށް ބޯލާގެން އޮތްތަން ފެނުމުންނެވެ. ފުރަތަމަ އަހަންނަށް ވެސް ހީވީ ވެމްކޯގެ މުވައްޒަފުން ކުނި އުކަން ނިކުމެ އުޅުނުވަގުތެއް ކަމުން އެތަނުގެ މުވައްޒަފެއް ކަމަށެވެ. ރަނގަޅަށް ހުއްޓި ބެލިއިރު އެއީ ހަމަ އަހަރެމެންގެ ތެރެއިން ޒުވާނެކެވެ، މަގުމަތީ ހުރި ކުނި އެއްޗެއްގެ ތެރެއަށް ބޯލައިގެނެ އޭގަ ހުރި ކުނިކޮޓަޅުތަކުން ކާއެއްޗެހި ނަގަން ޖެހުނު ސަބަބެއް ކުތަންމެ ނުކެރިފަ ކުރިނަމަވެސް ބަލ؛ާ ހިތްވިއެވެ. 

އެގޮތަށް ކާއެއްޗެހި ހޮވަނީ ކީއްވެތޯ އަހާލުމުން ދިނީ ގަބޫލްކުރަން ދަތި ޖަވާބެކެވެ.  މާލެ އައީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދާށެވެ. އެހެންނަމަވެސް އެތަށް ދުވަހެއްވީއިރުވެސް ފަރުވާއެއް ނުލިބި މިއަދު ވަންނާނެ ތަނެއް ނެތި ބަޑުހައި ހޫނުކަން އިތުރުވެ ޑަސްބިން ހާވަން މަޖުބޫރު ވީއެވެ. އިންސާފެއްތޯއެވެ. 

މަސްތުވާތަކެތީގެ ވަބާއަކީ މުޅި ގައުމުގައި ވަކި ހިްއޕާލާފައިވާ އެކަމުގެ ސަބަބުން މުޅި މުޖުތަމައު ބިރުވެރިކަމަކަާށް ވައްޓާލާފައިވާ ބިރުވެރި ވާބާއެކެވެ. އޭގެ ސަބަބުން މުޖުތަމައު ތެރޭގައި ވައްކަން އިތުރުވެ މާރާމާރީ އާއި އެހެނިހެންވެސް ކުައްތައް ވަނީ އިތުރުވެފައެވެ. އެކަމުގެ ސަބަބުން އާއްމުންނަށް ވަނީ ބޮޑު އުދަގުލަކާއި ކުރިމަތިވެފައެވެ. ވައްކަަން ވެސް އިންތިހާއެވެ.، ފައިސާފެ ބޭނުމުގަިއ މީހުން ރަހީނުކުރުމާއި މީހުން މެރުން އާއްމުވީ ކިހިނެތްތޯ ސުވާލު ނުފެދޭތޯއެވެ. މިފަހުނ ް ޒުވާބނަކު މަސްދޯނޏަކަށް އަރާ ވައްކަން ކޮށްގެން ޢާއްމުން އޭނަ ބަރަހަނާކޮށް ބޮޑެތި އަނިޔާތަކެއްވެސް ދޭން ޖެހުނީ ހަމަ މިހެންވެއެވެ. 

މުވައްސަސާތަކަށް ހައްލުނުކުރެވުމުން ދެން ހައްލު ހޯދަން ނިކުންނަނީ އާއްމުންނެވެ. އޭރަށް ދެންވަނީ ގޯހެވެ. ދައުލަތުގެ މުވައްސަސާތަކަށްވެސް  ރެއަކާ ލަނީ އާއްމުން ނިކުމެ ދެން އާން މިކަން ބަލަން ވީޔޭ ހިވާ ހިސާބުން އެކަންޏެވެ. ދެން ފޯނު ނަގާ ފިނި ކޮޓަރީގައި ތިއްބަވާގެމް ކޮށްލަނީ ޓްވީޓެކެވެ. ށެއް ކުރާއިރަށް އޮރިޔާންކޮށް، ތަޅާ އަނިޔާކުރުމަކީ ކަނޑައެޅިގެން ގޯސްކަމެއް ކަމަށް ވިދާޅުވެއވެ. ޓްވީޓެއް ކުރެއްވުމުން އެ ނިމުނީއެވ. ރައްޔިތުންނަށްވެސް އެގހާ އހިސާބުން އެބޭފުލޫން ވަނީ ހަމަ ރަންގަަކަށެވެ.

އެހެންނަމަވެސް އެ ޒުވާނާ އެ ހިސާބަށް  ދާން ޖެހުނު ސަބަބެއް ވެސް ބަލަންޖެހެއެވެ. އިންސާނެއްގެ ގޮތުގައި ހުރެ ޖަނަވާރުންގެ އުސޫލު ގެންގުޅެން މަޖުބޫރު ވަނީ ކީއްވެތޯ ބަލަންޖެހެއވެ. މަސްތުވާ ތަކެތީގެ ވަބާައި ޖެހިފައިތިބޭ މީހުން މުޖުތރަނަުއއަށް ރަނަގޅު ބައެއްގެ ގޮތުގައި ނެރެން މަސައްކަތް ކުރާ ކަމަށް ބުނެލުމުން ނުނިމެއެވެ. އެކަމުން ސަލާމަތް ވުމަށް އަމިއްލައަށް ބޭނުންވެގެމް މަސައްކަތް ކުރާ މީހާވެސް ރަށުގައި ހުއްޓަ މާލެ ގެނެސް މާލެ ފަރުވާ ދެވޭނެ ދުވަހެއްް ނާގާ ވަމްމާނެ ތަނެއްވެސް ނުދައްކާ އމާލޭ ތެރެއަަށް ބަކަވާން އުކާލާކަށް ނުޖެހެއެވެ، ދެން އެއްކަލަ ރަނގަޅުވުމުގެ ނިޔަތުގައި ހުންނަ ޒުވާނާވެސް އަނެއްކާވެސް ަފށަނީ ހަމނަ ބޭނުންކުރާށެވެ. ނުލިބުމުން ވައްކަން ކުރާށެވބެ. ބަޑުފުރާނަ މުއްތި ކުރވޭނެހާ ނެތުމުން މަގުމަށްތީގައި ހުންނަ ކުނިޑަސްބިނަށް ބޯލައިގެން އެ ހާވާށެވެ. ރާމާމަކުނުތަކެއް ފަދައިން މަގުމަތީގައި ނިދާ ހިވާ ކާށެވެ.

މިގައުމު ދުވަހަކުވެސް ނުދާ މިހާލަތަށް ދާން ދޫކޮށްލުމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުން ހެއްޔެވެ؟ މިކަންކަން ބަލާނެ ވަޒީރަކު، ކޮމިޝަނަރަކު ނޫނީ އެހެންވެސް އެފަދަ އިދާރާއެއް، ކޮމިޝަނެއް، ކޮމިޓީއެއް ވެސް ހަމަ ނެތީ ހެއްޔެވެ؟

ބަލާލަން ހަމަ ގައުމުވެސް އެބަތިއްބެވެ. ސަރުކާރުގެ އެކި ދިމަދިމާލުޔގައި އެކި މަގާމުތައް ހަދާ ވަރުވަރުން ވަޒީރުން ލާފައި އެތިބީ ފިނިކޮޓަރި ކޮޅުތަކުގައި ރީތިވީމަ ބަލާކަށް ނޫނެވެ. ޒިންމާތަކަކާއި މައްސޫލިއްޔަތުތަކެއް ނެތީހެއްޔެވެ؟ ޒުވާނުންގެ ވަޒީރެއް ހޯމް މިނިސްޓަރެއް އެބަހުއްޓެވެ. 

ވަރުވަރުން ރަށްރަށޫގައި 50 އެަތައް ސަތޭކަ ފުލހުންގެ އިދާރާ ހަދޏި ކީއްކުރައްވަންތޯ އެވެ. މިފަދަ ޒުވާނުން އިސްލާހުކުރަން ނުވަތަ ބޯހިޔާވަިކަމެއް ފޯރުކޮށްދެވޭނެ ގޮތަކަށް ތަންތަން ހެދުން މާ ރަނގަޅު ނޫންތޯއެވެ. ވަރުވަރުން ރަސްރަސުގައި ދަބޑު ތައް ހެދުމަކުންވެސް ނުފުދެއެވެ. ޒުވާނުންގެ ގާބިލުކަން އިތުރުކޮށް ވާޒީފާތަކާއި އަމިއްލަ ފައިމަށްޗަށް ދެތުވާން އެހީތެރިކަން ފޯރުކޮށްދިނުން މާ ލާޒިމް ނޫންތޯއެވެ؟

ޒުވާނުން ދޯނިފަހރަށާޢި އެހެންތަންނަށް އަރާ ވައްކަން ކުރުވަން އެއްގޮތަކުން ބަލާނަމަ އަހަރެންގެ ނަަރުގައި ހިތްވަރު ދެއްވަނީ ސަރުކާރުންނެވެ. ޒުވާނުން ރާމާމަކުނުތަކެއްހެން ކުނި ހޮވާ ކާން މަޖުބޫރު ކުރުވަނީ ވެސް ހަމަ ސަރުކާރުންނެވެ. އެހެންވުމުން އާއްމުންނަށާް ތުރާވެގެން ކުކުޅުހާ ފަހާހެން އެޒުވާނުްންތައް ފަހަންވެސް ފަހާނެވެ. ޒިންމާ ނަގަންތިބޭ ފަރާތްތަކުން އެ ޒިންމާ ނުނަންގަވާ ފިނިކޮޓަރިތަކުގައި ތިއްބަވާ ޓްވީޓަކުން "ށެއް ކުރާއިރަށް އޮރިޔާންކޮށް، ތަޅާ އަނިޔާކުރުމަކީ ކަނޑައެޅިގެން ގޯސްކަމެއް " މިހެން ވިދާޅުވުމަކުން ޒިންމާ އަދާކުރެވުނީކީ ނޫނެވެ. 

އަހަރެންގެ ނަޒަރުގައި އެކުދިންނަށް އެހެން އުޅެން މަޖުބޫރު ކުރުންވެސް ހަމަ ކަނޑައެޅިގެން ގޯހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް