ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން ބޮޑެތި އުއްމީދުތަކާއި އެކު ހޮވާފައި ތިބި ބައެއް ކަމަށްވީ ނަމަވެސް، ފެންނަ މަންޒަރުތަކުން ފެންނަނީ ދިމާ އިދިކޮޅު މަންޒަރުތަކެކެވެ. އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް ބޮލަށް އެރުމާއި، މޫނަށް ފެން ބުރުވާލުމާއި، އަޑުގަދަކުރުން ފަދަ ލަދުގަންނަ ކަންތައްތައް ކުރާ މަންޒަރެވެ.
މަޖިލީހުގެ މެޖޯރިޓީ ލިބޭ ކޮންމެ ފަހަރަކު ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ބަދަލުގައި މަޖިލީހުން ފެންނަނީ ޒުވާބު ކުރާ މަންޒަރާއި، ބޭކާރު ވާހަކަތައް ދައްކާ މަންޒަރުތައް ކަމަށްވާ އިރު، ރައްޔިތުން ބޭނުންވަނީ އޭގެ ބަދަލުގައި ޒިންމާދާރު ގޮތެއްގައި ރައްޔިތުންގެ އަޑުތައް އަހައި، ވަކާލާތުކޮށް، ހަރުދަނާ ގޮތެއްގައި ޒިންމާ އަދާކުރައްވާނެ މަޖިލިސް މެމްބަރުންނެވެ.