ރަށްފަޅު ހުރާއަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށެކެެވެ. ފުލުހުން ބުނީ އެރަށުގައި މަސައްކަތްކުރާ ހަތަރު ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 13:20 ގައި ކަމަށެވެ.
އަދި އެ ރިޕޯޓާއި ގުޅިގެން ރަށުގައި ފުލުހުން ހަރަކާތްރިވަމުން އަންނަ ކަމަށް ބުނެ އެެވެ.
އެކަމާއި ގުޅޭ އިތުރު ތަފްސީލް، ފުލުހުން ނުދޭތީ އެ ހަމަނުޖެހުން ހިނގާފައިވަނީ ކޮން ސަބަބަކާހުރެކަން ސާފެއް ނުވެ އެވެ. އަދި ބަޔަކަށް އަނިޔާވިކަން ނުވަތަ ނޫންކަން ވެސް ސާފެއް ނުވެ އެވެ.
އެރަށުގައި މާރާމާރީއެއް ހިނގާފައިވާއިރު އެ ރަށަކީ ކޮވިޑްގެ ގިނަ ކޭސްތަކެއް ވެސް ފެނިފައިވާ ރަށެކެވެ.