އެޗްއީއޯސީން ބުނީ، ފާއިތުވި 24 ގަޑީރުތެރޭގައި ޓެސްޓުކުރެވުނު 1،816 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 14 މީހުން ކަމަށެވެ.
އެއީ މާލެ ސަރަހައްދުން 8 މީހުންނާއި، އަތޮޅުތެރޭގެ ރައްތަކުން 2 މީހުން، އަދި ރިސޯޓްތަކުން 3 މީހުންކަމަށް އެޗްއީއޯސިއިން މައުލޫމާތުދެއެވެ.
މިއާއިއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12،947 އަށް އަރާފައެވެ.
އެކްޓިވް ކޭސްތަކުގެ އަދަދު 1،113 ގައި އުޅޭއިރު އޭގެރެއިން 92 މީހަކަށް އަންނަނީ ހޮސްޕޮޓަލް ތަކުގައި ފަރުވާދެމުންނެވެ.
ރާއްޖެއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 11،781 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 46 މީހުންވަނީ މަރުވެފައެވެ.