މިފަހުން ދިވްޔާ ވަނީ އިންސްޓަގްރާމު ސްޓޯރީއަށް އޭނާއަށް އަވަސް ޝިފާ ލިބުމަށް އެދި އެންމެން ވެސް ދުއާ ކުރުމަށް އެދިފަ އެވެ. އެއާއެކު ހިއްސާކުރި ފޮޓޯގައި ފެންނަނީ ހޮސްޕިޓަލުގެ އެނދުގައި އޮކްސިޖަން މާސްކް އަޅައިގެން އޮތް މަންޒަރެވެ.
ދިވްޔާގެ މަންމައާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ދިއްލީގެ ހޮސްޕިޓަލެއްގައި އޭނާއަށް ފަރުވާދެމުން އަންނައިރު އޭނާ މިހާރު އޮތީ ވެންޓިލޭޓަރުގަ އެވެ.
ދިވްޔާގެ މަންމަ ވަނީ ދިވްޔާގެ ފިރިމީހާއަށް ވެސް ވަރަށް ފާޑުކިޔާފަ އެވެ. އެގޮތުން އެ ހާލަތުގައި އޭނާ އޮތްއިރު ހާލު ބަލާލަން ވެސް ނާންނާތީ އެކަމުގައި ކަންބޮޑުވެ ވާހަކަ ދެއްކި އެވެ.
ދިވްޔާ ވަނީ ޓީވީ ގިނަ ޝޯތަކެއްގައި މަަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ތޭރޭ ޔާރު ހޫން މެއިން ފަދަ ޝޯތައް ހިމެނެ އެވެ.