ads
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ...
ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނެތް މައްސަލަ ކޯޓަށް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނެތް މައްސަލަ ކޯޓަށް ވެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ދެއްވި މެސެޖުގައި އެދިލެއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުން މިސަރުކާރަށް ނޫނެކޭ ބުނަން ކަމަށެވެ. 

ނަމަވެސް ކުރިއަށް އޮތް އިންތިހާބަށް ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތެއް ނެތް ކަމަށާއި، ސަރުކާރުން އެކި ނަންނަމުގައި އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރި ނަމަވެސް އިދިކޮޅު ފަރާތްތައް ތިބީ ކެމްޕެއިން ކުރުމުގެ ފުރުސަތުން މަހުރޫމުކޮށް ރަށުބަންދުކޮށްފައި ކަމަށް އަދުރޭ ވިދާޅުވި އެވެ. 

އަދުރޭ ވިދާޅުވީ އިންތިހާބު ބާއްވަން ޖެހޭނީ ހަމަހަމަ ކަމާއި އެކުގައި ކަމަށާއި، ވާދަވެރި އިންތިހާބެއް ބާއްވާއިރު، އިންތިހާބުގައި ވާދަކުރާ ފަރާތްތަކަމަށް ހަމަހަމަ ފުރުސަތުތަކެއް ދޭންޖެހޭ ކަމަށެވެ. ނަމަވެސް މިއަދު އެ ފުރުސަތު ނެތް ކަމަށާއި، ސަރުކާރުގެ ހުދުމުހުތާރުކަމުން ވާދަވެރި ފަރާތްތައް، ކޮވިޑު ބަހަނާއެއްގެ ގޮތުގައި ބޭނުންކޮށް ގޭބަންދުގައި ބައިތިއްބައިގެން ސަރުކާރުން ބޭނުންވާ ނަތީޖާ ހާސިލްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އަދުރޭ ތުހުމަތުކުރެއްވި އެވެ. 

އެހެންކަމުން އެ މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ ގާނޫނީ ޓީމުގެ ލަފާގެމަތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އަދުރޭ ވިދާޅުވިއެވެ. 

އޭގެ އިތުރުން އަދުރޭވަނީ، ކޯލިޝަންގެ އިސް ފަރާތްތަކަށް ރަށްތަކަށް ދަތުރު ނުކުރެވުނު ކަމުގައި ވިޔަސް ރަށްތަކުގައި ތިއްބެވި ފަރާތްތަކުން ކެމްޕެއިން ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދެވުމަށް އެދިލައްވާފައެވެ. އެގޮތުން އަދުރޭ ވިދާޅުވީ، އެއްރަށުން އަނެއްރަށައް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް އޮތްކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް