ads
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ދެ ނަންފުޅުގެ ތެރޭގައި ހިމެނޭ ފާތިމަތު ދިޔާނާ ސައީދު -- ފޮޓޯ / ސަން
އެއްވެސް ވައްކަމެއް ބެލޭނެ ގޮތެއްނެތް: ދިޔާނާ
މުޅި ދައުލަތުގައި އޮތީ ވައްކަމާއި ހިޔާނާތް ކަމަށާއި، އެއްވެސް ވައްކަމެއް ބެލޭނެ ގޮތެއް ނެތްކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ދިޔާނާ މިހެން ވިދާޅުވީ، އެމްޕީއެލްގެ އަށް މިލިއަން ރުފިޔާގެ ވައްކަން ފަޅާއަރުވާލުމަށްފަހު އެކުންފުނީގެ ޗެއާމަން ކަމުގެ މަގާމުން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އިސްތިއުފާ ދެއްވުމާއި ގުޅިގެން މިކަމަށް އިޝާރާތް ކުރައްވައި ދިޔާނާ ކުރެއްވި ޓްވީޓެއްގަ އެވެ. 

ދިޔާނާ ވިދާޅުވީ، މުޅި ދައުލަރުގައި އޮތީ ވައްކަމާއި ހިޔާނާތް ކަމަށާއި، އެމްއެމްޕީއާރުސީ އާއި އެމްޕީއެލްގެ އިތުރުން ޕަބްލިކް ޕްރޮކިއުމެންޓުގައިވެސް އޮތީ ވައްކަން ކަމަށެވެ. ނަމަވެސް އެއްވެސް ވައްކަމެއް ބެލޭނެ ގޮތެއް ނެތްކަމަށް ދިޔާނާ ވިދާޅުވިއެވެ. 

އެމްޕީއެލްގެ ޗެއާމަންގެ މަގާމުން ޒަކީ އިސްތިއުފާ ދެއްވިއިރު ޒަކީ ވަނީ މިދިޔަ ލޮކްޑައުންގެ ތެރޭގައި އެކުންފުނީގެ މުވައްޒަފުންތަކެއް ހިންގި ކަމަށް ބުނާ އަށް މިލިއަން ރުފިޔާގެ ކޮރަޕްޝަނުގެ މައްސަލައެއް ސަމާލުކަމަށް ގެނެސްފަ އެވެ. 

ސޯޝަލް މީޑިއާގައި އެކަން ހާމަކުރައްވާ ޒަކީ ވިދާޅުވީ އެ ހިޔާނާތުގައި ބައިވެރިވި ފަރާތްތައް ސަސްޕެންޑް ނުކުރެވުނު ކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް