ads
ނަޒާކީ ޒަކީ--
ކޮރަޕްޝަން ފަޅާއަރުވާލި އެމްޕީއެލްގެ ޗެއާމަން ޒަކީ އިސްތިއުފާ ދެއްވައިފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގި ކޮރަޕްޝަން ފަޅާއަރުވާލި، އެކުންފުނީގެ ޗެއާމަން މުހައްމަދު ޒަކީ އިސްތިއުފާ ދެއްވައިފި އެވެ.

ޒަކީގެ އިސްތިއުފާގެ ސިޓީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއަށް ފޮނުވާފައިވާ ކަމަށް ވެ އެވެ. 

އެމްޕީއެލްގެ ޗެއާމަންގެ މަގާމުން ޒަކީ އިސްތިއުފާ ދެއްވިއިރު ޒަކީ ވަނީ މިދިޔަ ލޮކްޑައުންގެ ތެރޭގައި އެކުންފުނީގެ މުވައްޒަފުންތަކެއް ހިންގި ކަމަށް ބުނާ އަށް މިލިއަން ރުފިޔާގެ ކޮރަޕްޝަނުގެ މައްސަލައެއް ސަމާލުކަމަށް ގެނެސްފަ އެވެ. 

ސޯޝަލް މީޑިއާގައި އެކަން ހާމަކުރައްވާ ޒަކީ ވިދާޅުވީ އެ ހިޔާނާތުގައި ބައިވެރިވި ފަރާތްތައް ސަސްޕެންޑް ނުކުރެވުނު ކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. 

އެކަމެއް ފެންމަތިވި ފަހުން އެމްޕީއެލުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން، ލޮކްޑައުންގައި އެ ކުންފުނީގެ އޮޕަރޭޝަންސް ހިންގި މުއްދަތުގެ ތެރޭގައި ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެކަމާއި ގުޅިގެން، އެ ކުންފުނީގެ އިންޓާނަލް އޮޑިޓުން ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށާއި އަދި އެ މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމާއެކު އެ ކަންތައްތައް ބެލުމަށް ތަހުގީގެއް ހިންގަމުންދާ ކަމަށް ވެސް އެމްޕީއެލް އިން ބުނާއިރު އެ މައްސަލައާ ގުޅިގެން އެ ކުންފުނިން ހިންގަމުންދާ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، އެކަމުގައި ޝާމިލްވާކަމަށް ޝައްކުކުރެވޭ މުވައްޒަފުން މިހާރު ވަނީ ސަސްޕެންޑްކޮށް، މަސައްކަތުން އެކަހެރިކުރެވިފައި ކަމަށް ބުނެ އެވެ. 

އެ މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި، އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް، ފުލުހުންނާއި އޮޑިޓާ ޖެނެރަލްގެ އޮފީސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް ވެސް އެމްޕީއެލުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް