ލަންކާގެ ބޮޑުވަޒީރު ކަމަށް މަހިންދަ ރާޖަޕަކްސަ
21 ނޮވެންބަރ 2019 - 12:04:26
ެސްރީލަންކާގެ ބޮޑުވަޒީރު ކަމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަނު ކުރުމަށް އެގައުމުގެ އާ ރައީސް ގޮޓަބޭ ރާޖަޕަކްސަ ނިންމަވައިފި އެވެ.

ރައީސް ގޮޓަބޭއަކީ މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅެވެ. ރިޕޯޓުތައް ބުނާ ގޮތުން މަހިންދަ ރާޖަޕަކްސަ މިއަދުގެ ވަގުތެއްގައި މަގާމުގެ ހުވާ ކުރައްވާނެ އެވެ.
ދެ ދައުރު ލަންކާގެ ރައީސްކަން ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަގެ ކުރިން ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ އިއްޔެ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
މިދިޔަ އާދީއްތަ ދުވަހު ކުރިއަށް ދިޔަ އިންތިހާބުގައި ރަނިލްގެ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއެއް ލިބިފަ އެވެ. އެއާއެކު އެ ޕާޓީގެ ލީޑަރުގެ މަގާމަށް ރަނިލްގެ ބަދަލުގައި އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓު ސަޖީތު ޕްރޭމަދާސަ އައްޔަނު ކުރުމަށް ޕާޓީ ތެރޭގައި ދަނީ މަސައްކަތް ކުރަމުންނެވެ.
ރާޖަޕަކްސަގެ ދެބެއިން މަގްބޫލުވެފައި ވަނީ ލަންކާގެ ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ކުރި ދިގު ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުންނެވެ. އެކަމަކު އެ ހަނގުރާމައިގައި އެތައް ޖަރީމާއެއް ހިންގާފައިވާ ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.
ލަންކާގެ އާ ސަރުކާރުގެ ތަރުޖަމާނަކު މިއަދު ބުނީ އުމުރުން 74 އަހަރުގެ މަހިންދަ ރާޖަޕަކްސަގެ ބޮޑުވަޒީރު ކަމުގެ ހުވާ ލައިދެއްވާނީ އުމުރުން 70 އަހަރުގެ ރައީސް ގޮޓަބޭ ރާޖަޕަކްސަ ކަމަށެވެ.
ރާޖަޕަކްސަ އާއިލާގެ އިތުރު ދެ ބެއިން ކަމުގައިވާ ބާސިލް އާއި ޗަމާލް ވެސް އުޅުއްވަނީ ސިޔާސީ ކަންކަމުގައި ވަރަށް ހަރަކާތްތެރިކޮށެވެ.
ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު، ވަރަށް އަވަހަށް ލަންކާ ސަރުކާރުގެ އާ ކެބިނެޓު އިއުލާން ކުރާނެ އެވެ. މަހިންދަ ރާޖަޕަކްސަގެ ރައީސް ކަމުގައި، މިހާރުގެ ރައީސް ގޮޓަބޭ ހުންނެވީ ޑިފެންސް ސެކެޓްރީގެ މަގާމުގަ އެވެ.
އަދި އޭރު ޗަމާލް ރާޖަޕަކްސަ ހުންނެވީ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމުގަ އެވެ. އެހެންކަމުން މިއީ ލަންކާގެ ވެރިކަމުގެ އެންމެ އިސް ސަފުގައި އެއް އާއިލާއެއްގެ ދެބެއިން ތިއްބަވާ ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް