ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ފާއިތުވި 24 ގަނޑިއިރު ތެރޭ އިތުރު 38 މީހަކު ޕޮޒިޓިވްވެ މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 13،049 އަކަށް އަރާފައެވެ.
ފާއިތުވެދިޔަ 24 ގަނޑިއިރު ތެރޭ އަލަށް 1،718 ސާމްޕަލް ނެގިފައިވާއިރު އަލަށް ޕޮޒިޓިވްވި 38 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 34 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި ތިން މީހެކެވެ.
ރާއްޖެއިން މިހާތަަނަށް އެބަލިން 11،968 މީހުން ރަނގަޅުވެފައިވާއިރު މިވަގުތު ހޮސްޕިޓަލް ތަކުގައި ފަރުވާދެމުންދަނީ 89 މީހަކަށެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 283 މީހުން ތިބިއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 1,019 ގައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިގެން 47 މީހަކު ވަނީ މަރުވެފައެވެ.