އެސޯސިއޭޝަނުން ބުނީ މުބާރާތުގެ ރަޖިސްޓްރޭޝަން ޑިސެމްބަރު 30 ވާ ހޯމަ ދުވަހުންފެށިގެން އާންމުކޮށް ހުޅުވާލާނެ ކަމަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިހަމަވާނީ މާޗު މަހުގެ 20 ވާ ހޮނިހިރު ދުވަހުގެ 14:00 އަށް ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އަދި އެދުވަހުގެ ކުރިން މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް އެސޯސިއޭޝަނަށް ހުށަހަޅަންވާނެ ކަމަށާއި ހުށަހަޅާ ފޯމް ގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުވާ ފޯމްތަށް ބަލައިނުގަނެވޭނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.
އެސޯސިއޭޝަނުން ބުނީ 2021 ވަނަ އަހަރުގެ މިސްޓަ މޯލްޑިވްސް ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މުޅިރާއްޖެއަށް ހުޅުވާލެވިފަ ކަމަށެވެ. އެ މުބާރާތުގައި ދިވެހި އަމިއްލަ ފަރުދުންނަށާއި ޖިމް އަދި ޖަމިއްޔާ ތަކުގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކަށް ވެސް ބައިވެރިވެވޭނެ އެވެ.