އެހެންނަމަވެސް ލޮކްޑައުންނަށް ލުއިތައްދީ ބޮލީވުޑުގެ ބައެއް މަސައްކަތްތައް ވެސް މިހާރު ފެށިގެން ކުރިއަށް ދާން ފެށުމާއެކު އޭނާ އަންނަނީ މިދަނޑިވަޅުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އޭނާގެ ބްރޭންޑްތަކުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.
އަދި އާންމު ދިރިއުޅުމުގައި އަނުޝްކާ ކުރަމުން އަންނަ ގިނަ މަަަސައްކަތްތައް ވެސް އޭނާ ދަނީ ބަރާ ބަރަށް ކުރަމުންނެވެ. އެގޮތުން އަނުޝްކާ ބުނީ ޔޯގާއަކީވެސް އޭނަގެ ޕެޝަންއެއް ކަމަށެވެ. އަދި ބަނޑުބޮޑުވުމަށް ފަހުވެސް މީގެ ކުރިންވެސް ކުރަމުން އާ ޔޯގާ ޕޯސްތައް ކުރެވޭނެ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށްވެސް އަނުޝްކާ ވަނީ ބުނެފައެވެ.
ކޮންމެ ދުވަހަކު ކުރާ މުހިންމު ކަންތައްތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް ލޯބިކުރާ އަނުޝްކާ ވަނީ އޭނާ ޔޯގާ ކުރާ ފޮޓޯތައް ވެސް ހިއްސާކޮށްފައެވެ. އެގޮތުން އެކަމަށް ފިރިމީހާ ވިރާޓް އެހީތެރިވަމުންދާތަން ވެސް ފެނެއެވެ.
އަނުޝްކާ ބުނީ އެ ޕޯސް އަކީ މިދުވަސްވަރު ކުރަން އެންމެ އުނދަގޫ ޕޯސްކަމަށާއި އެހެންނަމަވެސް އޭނަ އެކަން ކުރަނީ ރައްކާތެރި ފިޔަވަޅުތަކާއިއެކު ވަރަށް ބަލައިގެން ކަމަށެވެ. އެގޮތުން ފިރިމީހާގެ އެހީތެރިކަމުގެ އިތުރުން އޭނަ ޔޯގާ ކުރާ ވަގުތު ޔޯގާ ޓީޗާ އެފާ ޝްރޮފްވެސް ވާޗުއަލްކޮށް ބައިވެރިވާ ކަމަށެވެ.
އަނުޝްކާ އާއި ކާމިޔާބު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ކައިވެނިކުރީ 2017 ވަނަ އަހަރު އިޓަލީގަ އެވެ.