ads
އަދިތުޔާ ނާރަޔަން އާއި އޭނާގެ އަނބިމީހާ ޝްވެތާ--
އަދިތުޔާ ނާރަޔަން ކައިވެނިކޮށްފި
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޓީވީ ހޯސްޓް، އަދިތުޔާ ނާރިޔަން، އޭނާގެ ލޯބިވެރިޔާ ޝްވެތާ އަގަރްވާލްއާ ކައިވެނިކޮށްފި އެވެ.

އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ކޮވިޑްގެ މިދަނޑިވަޅުގައި ވެސް އެ ކައިވެނީގެ ހަފުލާ ވަނީ ވަރަށް ކުލަގަދަކޮށް ބާއްވާފަ އެވެ. 

އަދިތުޔާ ކައިވެނިކުރިއިރު މީގެ ކުރިން ލަވަކިޔުންތެރިޔާ ނެހާ ކައްކަރު ވެސް ވަނީ މިއަހަރުގެ ތެރޭގައި އަދިތުޔާ ކައިވެނިކުރާނެކަމަށް ބުނެފަ އެވެ. އަދިތުޔާގެ ގާތް އެކުވެރިއެއްގެ ގޮތުގައި ނެހާ ފާހަގަކުރެވޭއިރު ނެހާ ބުނި ގޮތަށް ކަންތައް މިވަނީ ވެފަ އެވެ. 

މުމްބާއީގައި އިއްޔެ އެ ކައިވެނީގެ ހަފުލާ އޮތީ ކޮވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގަ އެވެ. އެ ކައިވެނީގައި ބައިވެރިވީ ރައްޓެހިންނާއި ގާތް އެކުވެރިން އެކަންޏެވެ. 

މިއުޒިކް އަލްބަމެއް ނެރުމަށާއި ވީޑިއޯ ލަވަތަކެއް ހެދުމަށް ޓީވީއާ ދުރަށް ޖެހިލަން އަދިތުޔާ ނިންމިކަން މިއަހަރު އިއުލާންކުރި އެވެ. ގިނަ ބައެއްގެ މަގްބޫލު ހޯސްޓެއްގެ ގޮތުގައި އަދިތުޔާ ފާހަގަކުރެވޭއިރު އޭނާ އެންމެ ފަހުން ހުށަހެޅީ އިންޑިއަން އައިޑަލް ސީޒަން 11 އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް