ads
ހއ. ދިއްދޫ--
ދިއްދޫ ގިރާ ސަރަހައްދު ހިމާޔަތްކުރަން އެމްޓީސީސީއަށް
ހއ. ދިއްދޫ ގިރަމުންދާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ބުނީ އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ކަމަށެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ކަމަށެވެ. 

ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެގޮތުން 10 މިލިއަން ރުފިޔާގެ އެ މަޝްރޫއަކީ ޑިޒައިނިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މަޝްރޫއުއެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. 

އެ މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން ޖިއޯ، ބޭގްސް ޖަހައިގެން ދިއްދޫ ގިރާ ސަރަހައްދުން 310 މީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރެވޭނެ އެވެ. 

މިނިސްޓްރީން ބުނީ ދިއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލުކޮށްފައި ވަނީ ރާއްޖޭގެ ރަށް ރަށުގެ ގޮނޑުދޮށްތައް އާދަޔާ ހިލާފަށް ގިރައި، އާއްމުންގެ މުދަލާއި ގެދޮރަށް ގެއްލުންވެދާނެކަމުގެ ބިރުހީވާތީ، އެކަމުގެ ސަބަބުން އާއްމުންގެ ޝަކުވާ އިންތިހާއަށް އިތުރުވެފައިވުމާއެކު ސަރުކާރުން މިކަމަށް އަވަސް ހައްލެއް ހޯދުމަކީ މުހިއްމުކަމަށް ދެކި އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅާ އެފަދަ ކުއްލި ހާލަތު ދިމާވެފައިވާ ރަށް ރަށުގެ ލިސްޓުގައި ދިއްދޫ ވެސް ހިމެނޭތީ ކަމަށެވެ. 



100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް