އެ އޮފީހުން ވަނީ މިއަދު ހެދުނު 9:15 އިން މެންދުރުފަހު 13:00 މ.އަތޮޅުން އައްޑޫ ސިޓީއާ ހަމަޔައް ވައިޓްއެލާޓް ވެސް ނެރިފައެވެ.
ރާއްޖޭގެ މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަ ވާނެކަމަށް ލަފާކުރެވޭކަމައް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ރާއްޖޭގެ އުތުރުން ސްރީލަންކާގެ ގަލްފް އޮފް މަނާރުގައި އުފެދިފައިވާ ބުރެވި ތޫފާނާ ގުޅޭގޮތުން މެޓް އޮފީހުން ބުނެފައިވަނީ އެ ތޫފާނުގެ ދުވެލި މަޑުވެ ކޮޅިގަނޑަކަށް ބަދަލުވެފައިވާކަމަށެވެ.
އަދި މި ތޫފާނުގެ މިސްރާބު ހުރީ ރާއްޖެއާ ދުރަށް ކަމަށްވެސް ވިދާޅުވިއެވެ.