އެމްޓީސީސީ އިން ހަންޏާމީދޫގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މި މަހުގެ ހަތަރުވަނަ ދުވަހު މޮބިލައިޒްކޮށްފައިވާ އިރު، އެ މަޝްރޫއު އެ ކުންފުންޏާއި ހަވާލުކުރެވިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 29 ގަ އެވެ.
އެ މަޝްރޫއުގެ ދަށުން 6,363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،330 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާއި އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 32.2 މިލިއަން ރުފިޔާ އަށެވެ.