އިންސާނާ އަކީ އަވަހަށް ހޭލާ މީހެއްތޯ ނޫނީ ލަހުން ހޭލާ މީހެއްތޯ ކަޑަ އެޅުމުގައި އެމީހެއްގެ ޑީއެންއޭ ވަރަށް ބޮޑު ދައުރެއް ކުޅެއެވެ. މީގެ އިތުރުން މީހާގެ އުޅުމާއި ހޯމޯންސް އަންނަ ބަދަލުތަކާއި އިރުންދޭ އަތްވާއި އުމުރަކީ ނިދުމާއި އަދި ހޭލުމަށް އަސަރު ކުރާކަން ކަމެވެ.
ރޭގަނޑު ގަޑީގައި ހޭލާ އުޅުންކަމުގައި ވިޔަސް ތިމާ އަކީ ހެނދުނު ހޭލާ މީހަކަށް ވެވިދާނެއެވެ.
ހެނދުނު އަވަހަށް ހޭލުމަށް މީހާގެ ކޮރޮނޯ ޓައިޕަށް ބަދަލު ގެނައުމަކީ މުހިންމު ކަމެކެވެ. ކޮރޮނޯ ޓައިޕަކީ މީހާގެ ގައިގައި ހުންނަ އަވަހަށް ހޭލުން ނުވަތަ ލަހުން ހޭލުމުގެ އާދައެވެ. މި އާދަތަކަށް ބަދަލު ގެނައުމަކީ ހެނދުނު ހޭލަން ބޭނުންވަނީނަމަ މުހިންމު ކަމެކެވެ.
ކޮރޮނޯ ޓައިޕް ބަދަލު ކުރުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި އަވަހަށް ނިދުމާއެކު ބުލޫ ލައިޓް ދޫކުރާ އެއްޗެހިކަމަށްވާ ފޯނުކަހަލަ ތަކެތި ނިދާގަޑީގައި ބޭނުން ނުކުރުމާއި އެއްގަޑިއެއްގައި ނިދަން އާދަކުރުމާއި އަވަހަށް ނިދުމުން ލިބޭ ފައިދާތަކަށް ބޮޑަށް ވިސްނުން ހިމެނެ އެވެ. އޭގެ އިތުރުން، އަބަދުވެސް ހެނދުނު އަވަހަށް ހޭލައިގެން މީހާގެ ބޮޑެތި ހުވަފެންތައް ހަގީގަތް ހެދުމަށް މަސައްކަތް ކުރުމާއި މިކަންކަން ކުރުމުގެ ސަބަބުން ހެނދުނު ހޭލާ މީހަކަށް ވުމަށް އެހީ ލިބިގެންދެ އެވެ.
މީހާގެ ކެއުމަކީވެސް އޭނާގެ ނިދުމާއި ހޭލާގަޑިއަށް ބޮޑު އަސަރެއް ކުރާނެކަމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެންދުރު ފަހު ހޭލާ މީހުން ރޭގަނޑުގެ ކެޔުން ނަގަނީ ހެނދުނު ހޭލާ މީހުނަނަށްވުރެ ލަހުނެވެ. އަދި ގިނަ މީހުން ހެނދުނުގެ ނާސްތާ ނުކޮށް ކޮފީ ފަދަ ކެފެއިން ގިނަ ބާވަތްތައް ބޭނުން ކުރެ އެވެ. ތަޖުރިބާކާރުން އިލްތިމާސް ކުރަނީ ކެފެއިންގެ ބާވަތްތައް ނިދާގަޑި ކައިރިކޮށް ބޭނުންކުރުން މަދުކުރަން ޖެހެ އެވެ. މީގެ އިތުރުން ދުވަހުގެ އެންމެ ބޮޑު ކެޔުން ދުވަހުގެ ކުރީބައިގައި ނެގުމަށްވެސް ނަސޭހަތްތެރިވެ އެވެ.
އޭގެ އިތުރުން ކަސްރަތު ކުރުމާއެކު އެކަން ކުރުމުގައި ގާއިމްވެ ހުރުމަކީވެސް މީހާގެ ނިދުމުގެ އާދަތައް ބަދަލުވެގެންދާނެކަމެކެވެ. ޑޮކްޓަރެއްގެ ލަފާގެ މަތިންވެސް އަވަހަށް ނިދާ މީހަކަށް ވެވިދާނެ އެވެ.
ހެނދުނު އަވަހަށް ހޭލާ މީހަކަށް ވުމަށް މަސައްކަތް ކުރުމުގެ އިތުރުން ކުރާ މަސައްކަތް މެދު ކެޑުމެއްނެތި ކުރިޔަށް ގެންދިއުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ކަމެއް ކާމިޔާބު ވާނީ ހިތްވަރާ އެކު މަސައްކަތްކޮށްގެން ކަން ކަށަވަރެވެ.