ads
ރައީސް މައުމޫން އަދި ރައީސް ނަޝީދު އެކުގައި..
ރައީސް މައުމޫނަކީ އަނިޔާވެރިއެއް: ނަޝީދު
ރައީސް މައުމޫނަކީ އިންތިއާއަށް އަނިޔާވެރި ވެރިކަމެއް ކުރެއްވި ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ "އާސްކް ސްޕީކާ" ޕްރޮގުރާމުގައި ރައީސް ޔާމީން ޖަލުގައި އޮންނަވާ މައްސަލައާއި ގުޅިގެން ކުރެއްވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، މިސާލެއް ޖައްސަވަމުންނެވެ.

ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ރައީސް މައުމޫން ޖަލައް ނުލާ ކަމަށާއި، އެއީ ރައީސް މައުމޫން ކަންތައްތަކެއް ގޯސްކޮށް ނުކުރެއްވާތީ ނޫން ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ރައީސް މައުމޫން ޖަލަށް ނުލިކަމުގައިވަސް ރައީސް މައުމޫނަކީ އިންތިހާއަށް އަނިޔާވެރި ވެރިކަމެއް ކުރެއްވި ބޭފުޅެއް ކަމަށާއި، 30 އަހަރުގެ ދިގު، ދިވެހިން ފިއްކަނޑައިގެން ދާހާ އަނިޔާވެރި ވެރިކަމެއް ކުރެއްވި ވެރިއެއް ކަމަށެވެ. 

ނަޝީދު ވިދާޅުވީ، ރައީސް މައުމޫނުގެ އަނިޔާވެރި ވެރިކަން ތާރީހަށް ދޫކޮށްލެވުމަށްފަހު އެމަނިކުފާނު މަސައްކަތް ކުރެއްވީ ރައްޔިތުންނަށް އޯގާތެރި ވެރިކަމެއް ކުރެވޭތޯ ކަމަށާއި، އެކަން "ކުޑަ ދުވަސްކޮޅެއް" ވާންދެން ކުރެވުނު ކަމަށެވެ.

ނަމަވެސް އެމަނިކުފާނުގެ ނާއިބުވެސް ވެރިކަން ކުރެއްވި އިރު އެމަނިކުފާނު ގެންގޮސް ޖަލަށްލި ކަމަށާއި ރައީސް ޔާމިންގެ ވެރިކަމުގައިވެސް އެގޮތަށް ކަންތައް ކުރައްވަން މަސައްކަތް ކުރެއްވި ކަމަށެވެ. 

ނަޝީދު ވިދާޅުވީ އެމަގުން ކަން ހިނގިނަމަވެސް "އަމުދަކުން" އެމަނިކުފާނުގެ ނައިބު ( ރައީސް ވަހީދު ) ޖަލައްލާން ނޫޅުއްވާ ކަމަށެވެ. އެގޮތުން ތިމާ ހިތްނޭދޭފަދަ ގޮތަކަށް ވެރިކަންކުރާ ކޮންމެ މީހަކު ޖަލައްލުމަކީ އެމަނިކުފާނު ބޭނުންވާގޮތް ނޫންކަން ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ، އެކަން ހުއްޓެން ޖެހޭކަމަށާއި، ނަމަވެސް ކޮންމެ ވެރިކަމެއްގައި އެކަން ތަކުރާރުވަމުން އަންނަ ނަމަ އެކަން ހުއްޓުވޭނެގޮތެއް ނެތްކަމަށެވެ. 

ރައީސް މައުމޫނާއި ބެހޭގޮތުން މިފަދަ މޭރުމަކުން ރައިސް ނަޝީދު ވާހަކަފުޅު ދެއްކެވިއިރު، ރައީސް މައުމޫނަކީ މިހާރުއޮތް ސަރުކާރި ކޯލިޝަންގެ އެއް ހިއްސާދާރެވެ. އަދި ދާދިފަހުން އެމަނިކުފާނު ވަނީ ކޯލިޝަންގެ ތެރެއިން އެމަނިކުފާނު ބޭނުންފުޅު ނުވާފަދަ އަޑުތައް އައްސަވަން ޖެހިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް