ނިދުމަށްވުރެ ނިދަން ކުރާ މަސައްކަތް ތަށް ގިނަ ކަމަށް ގިން ބަޔަކު ބުނެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި އަވަހަށް ނިދުމަކީ އެހާ އުދަގޫ ކަމެސް ނޫނެވެ. ނަމަސެވެސް އަވަހަށް ނިދުމަށް 7 ކަމެއް ކުރަން ޖެހޭކަމަށް އެމީހުން ބުނެއެވެ. މި ކަންތަށް ފުރިހަމަ ވެއްޖެނަމަ 10 ސިކުންތު ތެރޭގައި ނިދޭނެ ކަމަށް އެމީހުން ބުނެއެވެ.
މި އުކުޅަށް އެމީހުން ކިޔަނީ މިލްޓަރީ މެތަޓްއެވެ. މިއީ އެމެރިކާގެ ނޭވީ ފުލައިޓް ސުކޫލްއިން އެމީހުން ގެ ދަރިވަރުންނަށް އަވަހަށް ނިދުމަށް އާދަ ކުރުމުގެ ގޮތުން އެފެއްދި އުކުޅެކެވެ. މި އުކުޅުގެ ސަބަބުން އިށީންދެގެން ތިބޭ މީހުން ވެސް 10 މިނެޓް ތެރޭގައި ނިދޭކަމަށް ވެއެވެ.
10 މިނެޓް ތެރޭގައި ނިދުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ މީހާގެ މޫނު އެއްކޮށް ވާގި ދޫކޮއްލުމެވެ. ދެން މީހާގެ ކޮޑުން ވާގި ދޫކޮއްލުމަށް ފަހު ދެއަތް ހަށިގަޑުގެ ދެ ފަރާތުގައި ބާއްވާނީއެވެ. ދެން ފުން ނޭވާއެއް ލުމަށްފަހު މޭމަތިންވެސް ވާގި ދޫކޮއްލާނީއެވެ. ދެން މީހާގެ ދެފައިންވެސް ވާގި ދޫކޮއްލާ މީހާ ހަމަޖެހިލާނީއެވެ.
ފުން ނޭވާއެއް ލުމަށްފަހު ބޯ ތެރޭގައި ހިގަމުން ދާ ހިޔާލުތަކުން އެއްކިބާވާން މަސައްކަތް ކުރާނީއެވެ. މީހާ އުފާވާ ހިޔާތުތަށް ކުރިޔަސް ރަނގަޅުވާނެެއެވެ. ސިކުޑީގައި ހިނގަމުންދާ ހިޔާލުތަކާއި ދުރު ނުވެވޭނަމަ ނުވިސްނުމަތް ހިތުން 10 ވަންދެން ގުުނާށެވެ. މި ހުރިހާކަމެށް 10 ސިކުންތު ތެރޭގައި ރަނގަޅަތް ކުރެވިއްޖެނަމަ ނިދޭނެއެވެ.
މި އުކުޅު މަސައްކަތް ނުކުރާނަމަ މިހާގެ ކެއުމާއި ހަރަކާތްތެރުވުން ރަނގަޅު ކޮއްލުމުން ވެސް އަވަހަށް ނިދޭނެއެވެ. އަދި އޭޑީއެޗްޑީ އާއި އެންޒައިޓީ ހުންނަމަވެސް މި އުކުޅު އަސަރެށް ނުކުރާނެއެވެ.
ނިދާ ގަޑީގައި ފެންވެރާލުމުންވެސް ނިދަންފަސޭހަ ވާނެއެވެ. އަދި ކެފެއިންގެ ބާވަތްތަށް ބޭނުންކުރުމާއި ޕޯނުން ދުރުވުމުންވެސް އަވަހަށް ނިދޭނެއެވެ.