ދުއާ އިޖާބަކުރަންވީ ވަގުތު ދެނެ ވޮޑިގަންވަނީ މާތް ﷲ ކަމަށާއި، ބައެއް ފަހަރު ދުއާ އިޖާބަކުރުން ލަސްވަނީ ދުއާ ކުރާ މީހާގެ ރަނގަޅަކަށް ކަމަށްވެސް ވެދާނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިއާ މުފްތީ މެންކު ވިދާޅުވެއްޖެއެވެ.

Advertisement
ދީނީ އިލްމުވެރިއާ މުފްތީ މެންކު މިއަދު ވިދާޅުވީ، ކެތްތެރިކަން އިސްކުރަން ވާނެކަމަށާއި، ރެއާ ދުވާލު އެދޭ ކަންކަން އުޑުތަކުގެ ވެރި އިލާހު ދެނި ވޮޑިގަންނަވާނެކަމަށެވެ.
"ކެތް ތެރިވޭ. އެއީ (ދުއާ އިޖާބަކުރުން ލަސްވުމަކީ) އެއްގޮތަކަށް ވެސް އަޒާބެއް ނޫން. އެ ވެދާނެ ރައްކާތެރިކުރެއްވުމެއް ކަމަށްވެސް. އަދި ކެތްތެރިކަމަކީ އާހިރުތުގައި ދޮރު ހުޅުވޭއިރު ވެވޭ ތައްޔާރީއެއް. ރެއާ ދުވާލު ތިބާ އެދޭ ކަންކަން ފުއްދަވައިދޭންވީ އެންމެ ރަނަގަޅު ވަގުތު ދެނެވޮޑިގަންވަނީ ދުނިޔެތަކުގެ ވެރި ރަސްލާންގެ!،" މިއަދު މުފްތީ މެންކު ވިދާޅުވިއެވެ.
ކެތްތެރިވުމާއި އަދި ދުނެމަތީގައި ތިމާ ކުރާ ދުއާތައް އިޖާބަކުރުމާ ގުޅޭގޮތުން އަންގާރަ ދުވަހު ވެސް މުފްތީ މެންކު ވަނީ ވާހަކަ ދައްކަވާފައެވެ.
މުފްތީ މެންކު ވިދާޅުވީ ބައެއް ހާލަތްތަކުގައި މީހުން އެދޭކަންކަން މާތް ރަސްކަލާންގެ ލަސް ކުރައްވަނީ އެ މީހަކު ރައްކާތެރި ކުރެއްވުންކަމަށް ވެސް ވެދާނެކަމަށް ކަމަށެވެ.
"ތިބާހެ ކުރިމަތީގައި އޮތް ނުބައިކަން މާތް ރަސްކަލާންގެ ދެނެވޮޑިކަންވާނެ. ކަންކަމުގާ އަވަސް އަރުވާނުލައްވާ. ﷲ ދައްކަވާ ނިޝާންތައް ދެނެގަންނަން ޖެހޭ. ކަންކަން އަވަސް އަރުވާލައިގެން ނުކުރާނަމަ މިންވަރަށް އީމާންވުން އިތުރުވާނެ،" - މުފްތީ މެންކު-