ads
ސްކައި ޓައިވް ކުރަނީ---ފޮޓޯ: ޕުލްމޭން މޯލްޑިވްސް
ދިވެހިންނަށާއި ފަތުރުވެރިންނަށް ސްކައިޑައިވް ގެ ފުރުސަތު
ޖަންޕިން އިން މޯލްޑިވްސްގެ ނަމުގައި ދިވެހިންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ސްކައި ޑައިވިންގް ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ތައްޔާރުވެއްޖެ އެވެ.

މި ސްކައިޑައިވިންގް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މަންޓާ އެއާ އާއި ސްކައި ޑައިވް މޯލްޑިވްސް އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް ގުޅިގެންނެވެ. އަދި އެންމެ ފުރިހަމަ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި ސްކައި ޑައިވް ގަތަރާއި ރެއޯލޯ ޓްރެވަލްސްއިން ވެސް މި ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވާނެއެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި މަންޓާ އެއާ އިން ވަނީ ސެސްނާ 208 މަރުކާގެ މަތިންދާބޯޓެއް ވެސް ރާއްޖެ ގެނެސްފައެވެ. މި ބޯޓު މިހާރު އޮތީ ކުޑަހުވަދޫގައި ތަރައްގީކޮށްފައިވާ ދާލު އެއާޕޯޓުގައެވެ. މަންޓާ އެއާ އިން ބުނީ މި މަތިންދާބޯޓާއެކު ރާއްޖޭގައި ސްކައި ޑައިވިންގް އަށް ހާއްސަ ޑްރޮޕް ޒޯންތަކެއް ކަނޑައެޅިގެންދާނެ އެވެ.

އެގޮތުން އެންމެ ފުރަތަމަ ޑްރޮޕް ޒޯނެއްގެ ގޮތުގައި ކަނޑައަޅާނީ ދާލު އަތޮޅުގެ ސަރަހައްދެއްކަމަށް މަންޓާ އެއާ އިން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިތުރު ސަރަޙައްދުތަކެއްގައިވެސް ޑްރޮޕް ޒޯންތަކެއް ކަނޑައެޅިގެންދާނެ ކަމަށް  ވެސް އެ އާލައިނުން ވަނީ ބުނެފައެވެ.

މި އަންނަ އަހަރު ތެރޭގައި މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާކަމަށް މަންޓާ އެއާ އިން ވަނީ ބުނެފައެވެ. އަދި މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތްތަނުގައި ހާމަކުރަމުންދާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް