ads
ޓައިގާ---
ކައިވެނި ކުރަން އެހުމުން ޓައިގާ ދިން ޖަވާބަކީ މިއީ
ބޮލީވުޑުގެ އެކްޓަރު ޓައިގާ ޝްރޮފް ވަނީ އިންސްޓަގްރާމުގައި "އާސްކް މީ އެނީތިންގް" ސެޝަނެއް ބާއްވާފަ އެވެ. އެއާއެކު ފޭނުން ވަނީ ޓައިގާއާ ގިނަ ސުވާލުތަކެއް ކޮށްފަ އެވެ.
Advertisement

ފޭނުން ކުރި ބައެއް ސުވާލުތަކާއި އޭގެ ޖަވާބު ވެސް ޓައިގާ ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އެގޮތުން އޭނާގެ ކްރަޝް އާއި އެންމެ ކަމުދާ އެކްޓަރާއި، ކުރިއަށް ހުރި ފިލްމުތަކާ ގުޅޭ ސުވާލު ކޮށްފައި ވެއެވެ. 

އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވީ ސަޕޯޓަރަކު ޓައިގާ ކައިރިން އޭނާއާ ކައިވެނި ކުރަން އަހާފައިވާ ސުވާލެވެ. އެ ސަޕޯޓަރު ބުނެފައި ވަނީ އޭނާއާ ކައިވެނިކޮށްގެން އިނގިރޭސިވިލާތަށް ބަދަލުވާށެވެ. 

ޖަވާބުގައި ޓައިގާ ބުނެފައި ވަނީ ފަހަރެއްގައި އަދި އަހަރުތަކެއް ފަހުން އެއީ ހަގީގަތަކަށް ވެދާނެ ކަމަށެވެ. އެ ދުވަސް އައުމުގެ ކުރިން ފައިސާ ހޯދާ ގިނަ ކަންކަން ދަސްކުރަން ޖެހޭ ކަމަށް ބުންޏެވެ.

އިތުރު ސުވާލުތަކުގެ ޖަވާބު ވެސް ޓައިގާ އާއްމުކޮށްފައި ވާއިރު، އޭނާ ބުނި ގިތުގައި އޭނާގެ އެންމެ ފުރަތަމަ ކްރަސްއަކީ ހިސްޓްރީ މާއްދާ ކިޔަވައިދޭން އައި ޓީޗަރެވެ. 

އޭގެ އިތުރުން ޓައިގާ ބުނީ އޭނާއަށް އެންމެ ކަމުދާ އެކްޓަރަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ އައްލޫ އަރްޖުން ކަމަށެވެ. 

ޓައިގާ ދެން އެންމެ އަވަހަށް ފެންނާނީ "ހީރޯޕަންތީ" ގެ ދެވަނަ ބަޔަކުންނެވެ. އޭގެ އިތުރުން "ގަނަޕަތު" ގެ ލީޑު ރޯލުން ވެސް ޓައިގާ ފެނިގެން ދާނެ އެވެ. 

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް