ads
ޔާމީން އާއި ގާސިމް --ފޮޓޯ/މިހާރު
ރައީސް މުއިއްޒަކީ ޔާމީން ކަހަލަ އަނިޔާވެރިއެއް ނޫން :ގާސިމް
ރައީސް ޑރ. މުއިއްޒަކީ ޔާމީން ކަހަލަ ގާނޫނީ އިމުން ބޭރުން މީހުންގެ މުދާ ހިފައި އަނިޔާދޭ ޒާތުގެ ބޭފުޅެއް ނޫންކަމަށް ގާސިމް އިބްރާހިމް ވިދަޅުވެއްޖެއެވެ.
Advertisement

ގާސިމް މިހެން ވިދާޅުވީ ގދ. ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ސަރުކާރުން ވިލާ ކުންފުންޏަށް ބަދަލުދޭން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ. 

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ޔާމީން ވަނީ ކާޑެއްދޫ އެއާޕޯޓު  ގާސިމްގެ ވިލާ ކުންފުންޏަށް ދީފައީ އޮންނާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ ކޮންމެ ސަރުކާރެއް އަޔަސް، ކާޑެއްދޫ އެއާޕޯޓު މާމިގިލި ދާއިރާގެ މެމްބަރު ގާސިމަށް "ތަރިކަ މުދާގަނޑެއް" ގެ ގޮތުގައި ދީފައި އޮންނަކަމަށެވެ. އަދި އެތަން ނުހިންގުމުން ސަރުކާރުގެ ބޮލުގައި އަޅުވަނީ ކަމަަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. 

މި ވާހަކަތައް ރައްދުދެއްވާ ގާސިމް ވަނީ 4 ސަފްހާގެ ދިގު ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ގާސިމް ވަނީ ކާޑެއްދޫ އެއާއާޕޯޓު ހިންގުމަށް ވިލާއަށް ހަވާލުކުރި ދުވަހުން ފެށިގެން ކަންކަން ކޮށްފައިވާ ގޮތުގައި ތަފްސީލުތައް ހިމަނުއްވާފައެވެ. ގާސިމްގެ ބަޔާނުގައި ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރަން އުޅުނު ކޮންމެ ފަހަރަކު އެކަން މަޑުޖެހުނީ ސަރުކާރުގެ ސަބަބުންކަމަށެވެ. 

ގދ. ތިނަދޫ ކައިރީގައި އޮންނަ ކާޑެއްދޫ ރީޖަނަލް އެއާޕޯޓް ހިންގާތާ 20 އަހަރު ފަހުން، އެތަން އަމިއްލަ ބަޔަކަށް ދޫކޮށްލަން 2013 ވަނަ އަހަރު ހުޅުވައިލީ އެތަން ގެއްލުމުގައި ހިންގަމުންދާތީ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެ ބީލަން ވިލާއިން ކާމިޔާބުކުރީ އެންމެ ރަނގަޅު ހުށަހެޅުން ހުށަހަޅައިގެންކަމަށްވެސް ގާސިމް ވިދާޅުވިއެވެ. 

" އެއާޕޯޓާއި ވިލާއިން ހަވާލުވި އިރު، ކާޑެއްދޫ ރަންވޭގައި އެކި ދިމަދިމާއިން ރެނދުއަޅާފައިވާތީ އެކަން މަރާމާތުކުރުމަށް އެންމެ އެކަށޭނޭ ޒަމާނީ ކެމިކަލް ހޯދައި ރަންވޭގެ މަރާމާތަށް ވެސް ބޮޑު ހަރަދެއް އަޅުގަނޑުމެން ކުރީމުއެވެ." ގާސިމްގެ ބަޔާނުގައިވެއެވެ.

އެކި ބަހަނާތައް ދައްކާ ސިވިލް އޭވިއޭޝަން ގެ މިންގަނޑުތަކަށް ނުފެތޭކަމަށް ބަޔާންކޮށް މައްސަލަތަކެއް ފެންމަތިކޮށް، ކާޑެއްދޫ އެއާޕޯޓަށް އަދުލުވެރި ބަދަލެއް ދިނުމެއް ނެތި، 2017 ވަނަ އަހަރު ދިވެހި ފުލުހުން މެދުވެރިކޮށް ވިލާ އެއާ އަތުން އެއާޕޯޓް ޔާމީންގެ ވެރިކަމުގައި އެއާޕޯޓު އަތުލީ ރާއްޖޭން ބޭރުގެ ޕާޓްނައަކާއެކު ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ބަދަލުކުރުމަށް 150 މިލިއަން ޑޮލަރުގެ ޕްލޭން ކޮށްފައިވަނިކޮށް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އޭރު އެއާޕޯޓުގެ ކުލީގެ މުއްދަތު 99 އަހަރަށް ބަދަލުކުރުމަށް އެދިފައި ވާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޕްލޭނާއި އެއްގޮތަށް ކާދެއްދޫ އެއާޕޯޓް ހެދުން މަޑު ޖައްސާލީ މި ސަރުކާރުން ގދ. ތިނަދޫ ފަޅުތެރޭގައި އެއާޕޯޓެއް އަޅަންވީ ވައުދުގެ ސަބަބުން ކަމަށާއި ތިނަދޫ ދާއިރާގެ ދެ މެމްބަރުން ވެސް ކާޑެއްދޫ އެއާޕޯޓް އަތުލަން ސަރުކާރުން ބާރުއަޅަމުންދާތީކަމަށް ގާސިމް ވިދާޅުވިއެެވެ. 

your imageރައީސް މުއިއްޒާއި ގާސިމް އިބްރާހިމް

ގާސިމް ވިދާޅުވީ ވިލާއިން ކާޑެއްދޫ ތަރައްގީކޮށް ރަނގަޅު ފައިދާއެއް ނެރެވޭނެކަން ޔާގީންވި ނަމަވެސް، ރައީސް މުއިއްޒުގެ ޕްލޭނާ އެއްގޮތަށް ކާޑެއްދޫ ތަރައްގީކުރަން ސަރުކާރުން ބޭނުންވާތީ އެތަނަށް ކޮށްފައިވާ އިންވެސްޓްމަންޓާއި، ކޮށްފައިވާ މަސައްކަތްތަކާއި، ތަރައްގީ ކުރުމަށް އެކަށައަޅާފައިވާ ޕްލޭންތަކާއި ހަދާފައިވާ ސާވޭތަކާއި ފައިސާ ހޯދުމަށް ކުރެވިފައިވާ ހަރަދާއި، އޮޕްޗިއުނިޓީ ކޮސްޓްފަދަ އެތައް ކަމަކަށް ރިއާޔަތް ހަދާފައިވާ ޕްރޮޖެކްޓްގެ ވެލިޔުއޭޝަނަށް ފަހު ވިލާގެ ހުށަހެޅުން ސަރުކާރަށް ހުށަހެޅި ކަމަށެވެ. 

ގާސިމް ވިދާޅުވީ އޮންނަ އުސޫލުގެ ދަށުން އެ ހުށަހެޅުމަށް ސަރުކާރުގެ ފަރާތުން ކައުންޓާ އޮފާގެ ދެ އޮޕްޝަނެއް ވިލާއަށް ހުށަހެޅިކަމަށާއި ވިލާއިން ވަނީ ކައުންޓާ އޮފާ ގަބޫލުކޮށް ގާނޫނީ ގޮތުން އެ އެއްބަސްވުމަށް ރުހުން އޮތްކަމަށް ބުނެފައިކަމަށްވެސް ގާސިމް ގެ ބަޔާނުގައިވެއެވެ. 

" ރައީސް މުއިއްޒަކީ ޔާމީން ކަހަލަ ގާނޫނީ އިމުން ބޭރުން މީހުންގެ މުދާ ހިފައި އަނިޔާދޭ ޒާތުގެ ބޭފުޅަކަށް ނުވާތީ އެމަނިކުފާނުގެ ސަރުކާރުން އިސްކަންދެއްވީ ގާނޫނީ އިމުގެ ތެރެއިން އެއްބަސްވެވޭ އެދެވޭ ބަދަލެއް ދިނުމަށް ފަހު ވިލާ އެއާގެ އަތުން ކާޑެއްދޫ ސަރުކާރަށް ލިބޭނެގޮތަކަށް އަމަލުކުރެއްވުމެވެ،" ގާސިމް ހަތަރު ސޮފްހާގެ ބަޔާނުގައިވެއެވެ.

 ގާސިމް ވިދާޅުވީ ރައީސް ޔާމިނަކީ މީހަކާ މެދު ނުރުހިއްޖެ ނަމަ އެމީހަކާ މެދު ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ ބޭފުޅެއްކަމަށެވެ. އަދި އެކަމުގައި އާއިލާ މިހެއް ނުބައްލަވާކަންވެސް ގާސިމް ވަނީ ފާހަގަކުރައްވާފައެވެ. 

" ތިމާ މީހަކަށް ހެދި އެއްބަފާ ބޭބެ އަދި ދިވެހި ގައުމަށް އެތަކެއް ހިދުމަތްތަކެއް 30 އަހަރު ކުރެއްވި ރައީސް މައުމޫން އާ، މައުމޫންގެ ދޮށީ ދަރިކަލުން ފާރިސް އާއި މައުމޫންގެ ދަނބިދަރިކަނލުން މުހައްމަދު ނަދީމް، ރޯދަމަހާ އެކު ނުވަ މަހަށް ވުރެ ގިނަ ދުވަހު ޖަލުގެ ތެރޭގައި އެއްވެސް ކުށެއްނެތި ގައިދުކުރި އިންސާނަކު އެނޫން ދުރުތިބީންނާއި އާންމުންނާ މެދު ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެކަން ދިވެހި ރައްޔިތުންނަށް އޮޅިފައެއް ނުވާނެ،" ގާސިމްގެ ބަޔާނުގައި ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ 2013ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޔާމީނަށް ތާއީދު ކުރީ އެއީ ކާކުކަން ނޭނގި ހުރެގެންނެއް ނޫންކަމަށެވެ. އެހެންނަމަވެސް، ޔާމީނަށް ތާއީދުކުރީ ކުރީގެ ރައީސް މައުމޫންގެ އެދިލެއްވުމާއި އަދި ހަރުކަށި ކުލައިގެ ކިތަންމެ ބަޔަކު ކުރި އާދޭހުގެ ސަބަބުން އޭރު އޮތް ހާލަތުން، ގައުމަށް ހެޔޮގޮތް އެދިގެންކަމަށްވެސް ގާސިމް ވަނީ ބަޔާނުގައި ވިދަޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް