ads
ނައިބުު ރައީސް ފައިސަލް ނަސީމް
ފުވައްމުލަކު ހޮސްޕިޓަލުގެ މައްސަލަތައް ހައްލުކޮށްދެއްވާނަން: ނައިބު ރައީސް
ފުވައްމުލަކު ސިޓީ ހޮސްޕިޓަަލަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ހެލްތު މިނިސްޓްރީއަށް ވެދެއްވެން އޮތް އެހީތެރިކަމާއި އެއްބާރުލެއްވުން ފޯރުކޮށްދެއްވުމަށް ނާއިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް، އައްޑޫ ސިޓީގެ ބައެއް ރަށްތަކާއި ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ފުވައްމިލަކު ސިޓީ ކައުންސިލްގައި، އެސިޓިގެ ހޮސްޕިޓަލުގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެހޮސްޕިޓަލުގެ ފަރާތުން ނައިބު ރައީސްއަށް ވަނީ، ޕްރެސެންޓޭޝަނެއްގެ ގޮތުގައި، އެހޮސްޕިޓަލަށް ދިމާވެފައިވާ ކަންކަން ހިއްސާކޮށްފަ އެވެ. 

އެގޮތުން އެ ހޮސްޕިޓަލުގެ ފަރާތުން ވަނީ، ހޮސްޕިޓަލަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމާއި، އާ ހިދުމަތްތައް ތައާރުފުކުރުމުގައި ހުރި ގޮންޖެހުންތަކާއި، އާންމު ސިއްހަތާއި އެހެނިހެން ދާއިރާތަކުން ފަންނީ މުވައްޒަފުން ހޯދުމުގައި ކުރިމަތިވެފައިވާ ދަތިތައް ހިއްސާކުރެއްވި އެވެ. 

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރައްވާފައިވާ ކަންކަން ހައްލުކުރުމަށް ހެލްތު މިނިސްޓްރީއަށް ވެދެއްވެން އޮތް އެހީތެރިކަމާއި އެއްބާރުލެއްވުން ފޯރުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި، ހޮސްޕިޓަލުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، މިހިނދުން މިހިނދަށް ހައްލު ބޭނުންވާ ކަންކަމާގުޅޭ ގޮތުން، ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ކުރައްވާ، އެ ކަންކަން ހަމަޖައްސަވަން މަސައްކަތް ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މިނިސްޓަރު ނަސީމް ވަނީ، ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ ގޮތުން ވަރަށް ތަފުސީލުކޮށް އަލިއަޅުއްވާލެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، ހޮސްޕިޓަލުގެ އޮނިގަނޑު ހަރުދަނާ ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ބައްލަވަން ޖެހިވަޑައިގަންނަވާ ކަންކަން ބައްލަވައި، ކަމާގުޅޭ މާހިރުންގެ އިރުޝާދާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. 

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް މިހާރު ވަނީ އެނބުރި މާލެ ވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް