ads
އެމްއެންޔޫ ގުރެޖުއޭޝަންއެއްގެ ތެރެއިން---- ޕޮޓޯ ގޫގަލް
ޖެނުއަރީގައި ސްޓޫޑަންޓް ލޯނަށް އެދެން ހުޅުވާލުމަށް މަސައްކަތްކުރަނީ
މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ދެމުން އަންނަ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ތެރޭގައި ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ ޖެނުއަރީގައި ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭތޯ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ސްޓޫޑެންޓް ލޯނު އެންމެ ފަހުން ދޫކުރީ މިއަހަރުގެ ޖޫން މަހުގަ އެވެ. އެކި ދާއިރާތަކުން ކިޔެވުމަށް ޖުމްލަ 514 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާއިރު އެއީ 151 މިލިއަން ރުފިޔާގެ ލޯނެވެ. އެގޮތުން އެންމެ ފަހުން ދޫކުރި ލޯނަށް ބަލާއިރު އޭގައި ތަފާތު އެކި ދާއިރާތައް ހިމެނެ އެވެ. 

އޭގެ އިތުރަށް އިންތިހާބީ ދާއިރާތަކަށް ހާއްސަކޮށްގެން ވެސް ލޯނުދޫކުރި އެވެ. ގިނަ އަދަދެއްގެ ދަރިވަރުން ލޯނު ނަގައިގެން ބޭރުގައި ކިޔަވަމުން އަންނައިރު މިއަހަރު ކޮވިޑް-19 އާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ނަގާފައިވާ ހުރިހާ ނެޝަނަލް ސްޓޫޑަންޓް ލޯނާއި އެޑިއުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ވެސް ފަސްކޮށްދިނެވެ. އެގޮތުން އެންމެ ފުރަތަމަ ހަ މަހަށް ލޯނު ފަސްކޮށްދިންއިރު ފަހުން ވަނީ އެ މުއްދަތު މިއަހަރުގެ ނިޔަލަށް އިތުރުކޮށްދީފަ އެވެ.

ރައީސް ސޯލިހު ވަނީ ދަރިވަރުންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސްޓޫޑަންޓް ލޯނު ތިން އިންސައްތައަށް ކުޑަކޮށްދީފަ އެވެ. 

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އެއް ދާއިރާއަކަށް ދައުލަތުގެ ބަޖެޓުން އެންމެ މަތީ އިންސައްތައެއް ކަނޑައަޅާފައިވަނީ ތައުލީމީ ދާއިރާއަށެވެ. އެގޮތުް 4.4 ބިލިއަން ރުފިޔާ މިއަހަރު ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާއިރު މިއަދަކީ މިދިޔަ އަހަރަށް ވުރެ އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް