ads
ފިނޭންސް މިނިސްޓްރީ---
ޓްރާންސްޕޭރަންސީގެ ތައުރީފު ޕްރޮކިއުމަންޓްގެ އުސޫލަށް
ދައުލަތުގެ އިދާރާތަކުން ހިންގާ ފަސް މިލިއަން ރުފިޔާއަށް ވުރެ ދަށުގެ ހުރިހާ މުއާމަލާތްތަކެއްހާމަކުރަން ޖެހޭ ގޮތަށް ޕްރޮކިއުމަންޓް ގެ އުސޫލަށް ގެނައި ބަދަލަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މަރުހަބާ ކިޔައިފި އެވެ.

ޓްރާންސްޕޭރަންސީ މިއަދު ބުނީ ދައުލަތުގެ މާލިއްޔަތު ގަވައިދު ފުރިހަމައަށް ތަންފީޒުވާ ގޮތަށް ގެނައި ބަދަލާއެކު ދައުލަތުގެ ޕްރޮކިޔުމަންޓުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގު ފަހިވާތީ އުފާކުރާ ކަމަށާއި ދައުލަތުގެ ބަޖެޓުގެ ބޮޑު ބައެއް މުދަލާއި ހިދުމަތް ހޯދަން ހޭދަކުރާއިރު ޕްރޮކިޔުމަންޓްގެ ދަށުން ކުރާ މުއާމަލާތްތަކުގައި މަސްލަހަތު ފުށުއެރުމާއި ކޮރަޕްޝަނަށް މަގުފަހިވާކަމަށް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ހާމަކަން ބޮޑު އިންސާފުވެރި އަދި ވާދަވެރި ޕްރޮކިޔުމަންޓް މަރުހަލާއަކުން ވިޔަފާރީގެ ފުރުސަތުތައް މަގުފަހުވުމުގެ އިތުރުން، އިގުތިސޯދީ ކުރިއެރުމަށް ވެސް ބާރު ލިބޭނެ ކަމަށް ވެސް ޓްރާންސްޕޭރަންސީން ވަނީ ބުނެފައެވެ.

މިދިޔަ ބުދަ ދުވަހު ފިނޭންސް މިނިސްޓްރީން އާއްމުކުރި މާލިއްޔާއާ ބެހޭ ސާކިއުލާގައި ބުނެފައިވާ ގޮތުން ސަރުކާރުގެ އޮފީހާއި އިދާރާތަކުން ޕްރޮކިއުމަންޓެއް އެވޯޑްކޮށް އެ މައުލޫމާތުތައް ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ސަރުކާރުގެގެ ގެޒެޓުގައި ޝާއިއު ކުރަން ޖެހޭނެ އެވެ.

އަދި ޕްރޮކިއުމަންޓަކަށް 15 ޕަސެންޓަށް ވުރެ އިތުރަށް އެޑްވާންސްގެ ގޮތުގައި ދައްކާ އަދަދު 35،000 ރުފިޔާއަށް ވުރެ ބޮޑުނަމަ އެ ފައިސާ އެއް ފަހަރާ ދޫކުރުމުގެ ކުރިން ވެސް އެ މިނިސްޓްރީއަށް އަންގަން ވާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް