ads
މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެމްއޭސީއެލްގެ އިސް މަގާމަކަށް އިންޑިޔާ މީހަކު އައްޔަން ކުރުމުން ސިޔާމް ކަންބޮޑުވެއްޖެ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއާޕޯޓް ޓްރާންސްފާ ޑައިރެކްޓަރުގެ މަގާމަށް އިންޑިއާގެ ރައްޔިތެއް ހަމަޖެއްސުމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގާބިލް އެތައް ދިވެހި ދަރިން ތިބި ކަމަށާއި އަދި ދިވެހި ދަރިންގެ ވަޒީފާ ގެއްލިފައިވާ މި ދަނޑިވަޅުގައި ދައުލަތުގެ ކުންފުނިތަކުގެ އެންމެ ބޮޑެތި މުސާރަ ދޭ މަގާމުތަކަށް ބިދޭސީން ހާއްސަ ކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އޭގެ އިތުރުން ވަކި ގައުމެއްގެ ބަޔަކު ޖަމާ ކުރުމާ ދޭތެރޭ ނުހަނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށްވެސް ޝިޔާމް ވަނީ ޓުއީޓް ގައި ވިދާޅުވެފައެވެ.

އެމްއޭސީއެލްގެ އޯރަޓް ޑައިރެކްޓާގެ މަގާމަށް އައްޔަން ކޮށްފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ މަޖޫ ޗެރިއަންއެވެ. 

އެމްއޭސީއެލް އިން ބުނީ މަޖޫ ޗެރިއަން އެ ކުންފުންޏާ ގުޅޭނީ ޑިސެމްބަރު 14، 2020 އިން ފެށިގެން ކަމަށެވެ.

މަޖޫ ޗެރިއަން އަކީ އިންޑިއާ އާއި ބަހްރެއިންގައި އެއާޕޯޓު މެނޭޖްމަންޓް ދާއިރާގެ 22 އަހަރުގެ ތަޖުރިބާ ހުރި މީހެއް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް