ads
ރިތިކް އަދި ކަންގަނާ--
ރިތިކްގެ ނަމުގައި ކަންގަނާއަށް އީމެއިލް ކުރި މައްސަލަ އަވަސް ކުރަނީ
ރިތިކް ރޯޝަންގެ ނަމުގައި ކަންގަނާ ރަނޯތުއަށް 2016 ވަނަ އަހަރު ފޭކު އީމެއިލްތަކެއް ފޮނުވި މައްސަލައިގެ ތަހުގީގު އަވަސް ކުރަން މުމްބާއީ ފުލުހުންގެ ކްރައިމް އިންޓެލިޖެންސް ޔުނިޓާ ހަވާލުކޮށްފި އެވެ.

ފޭކު އީމެއިލް އެޑްރަހަކުން ރިތިކްގެ ނަމުގައި ކަންގަނާއަށް އީމެއިލް ފޮނުވި މައްސަލަ ރިޕޯޓު ކުރީ މާޗް 2016 ގައެވެ. އެ މައްސަލަ 2014 ވަނަ އަހަރު ވެސް ދިމާވި ކަމަށް ރިތިކް ބުނެފައި ވެއެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއް ވާއިރު، ސުވާލު ކުރުމަށް ކަންގަނާ ފުލުހަށް ހާޒިރުވުމަށް އެންގުމުން އޭނާ ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.

އެ މައްސަލަ ކްރައިމް އިންޓެލިޖެންސް ޔުނިޓަށް ފޮނުވީ އެއްވެސް ކުރިއެރުމެއް ނުލިބި ލަސްވާތީ އެކަމުގެ ޝަކުވާ ރިތިކްގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު ހުށަހެޅި ހިސާބުންނެވެ.

މި ހަބަރު ލިބުމާއެކު ކަންގަނާ ކުރި ޓްވީޓެއްގައި ބުނީ ރިތިކް އަދިވެސް އުޅެނީ ދޮގު ހަދަން ކަމަށާއި ދިރިއުޅުމައިގެން ކުރިއަށް ދާން ނުވިސްނާ ކަމަށެވެ. 

ބައެއް ފިލްމުތަކުގައި އެކުގައި މަސައްކަތް ކުރި ރިތިކް އާއި ކަންގަނާގެ ލޯބީގެ ގުޅުމެއްގެ ވާހަކަ ދެކެވެން ފެށުނީ 2013 ވަނަ އަހަރު ރިތިކްގެ ކައިވެނި ރޫޅުމުންނެވެ.

ނަމަވެސް ކަންގަނާއާ ލޯބީގެ ގުޅުމެއް ނުހިންގާ ކަމަށް ބުނެ ރިތިކް ވާހަކަ ދައްކަން ފެށުމުން އެ ދެ މީހުންގެ މައްސަލަ ހޫނުވެ، ސޯޝަލް މީޑިއާގައި ބޮޑު ބަހުސަކަށް ދިޔަ އެވެ.

އަދި ކަންގަނާއަށް ރިތިކްގެ ނަމުގައި އީމެއިލް ފޮނުވީ ފޭކު އައިޑީއަކުން ކަމަށް ބުނި ނަމަވެސް ކަންގަނާ އެކަން ގަބޫލެއް ނުކުރެ އެވެ. އެކަމަކު ކަންގަނާ ބުނީ އެ ދެ މީހުން ވާހަކަ ދެއްކީ ރިތިކް 2014 ވަނަ އަހަރު ދިން އައިޑީއެއް މެދުވެރިކޮށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް