ads
ހުޅުމާލެ ބީޗް ސަރަަހައްދު، މިއީ އާންމު ގޮތެއްގައި ހުޅުމާލޭގައި ކުނި އެންމެ ގިނަ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދު--
"ސާފު ހުޅުމާލެ" ނަމުގައި ސާފުކުރުމުގެ ޕްރޮގްރާމެއް
ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމެއް މި މަހުގެ 19 ވަނަ ދުވަހު ބާއްވަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

"ސާފު ހުޅުމާލެ" ނަމުގައި ބާއްވާ އެ ޕްރޮގްރާމް ބޭއްވުމުގެ މަގްސަދަކީ ތިމާވެށި ސާފުކޮށް ބޭއްވުމަށް ބާރުއަޅައި، ހުޅުމާލޭގައި ކުނި ގިނަވެފައިވާ ސަރަހައްދުތައް ދެނެގަނެ އެ ތަންތަން ސާފުކުރުމުގެ އިތުރުން، ރައްޔިތުންގެ މެދުގައި ތިމާވެށި ސާފުކުރުމުގެ ލޯބި އާލާކުރުވުން ކަމަށް އެޗްޑީސީން ބުނެއެވެ.

އެ ޕްރޮގްރާމްގައި އެޗްޑީސީގެ މުވައްޒަފުންގެ އިތުރުން ހުޅުމާލެގައި ހަރަކާތްތެރިވަމުންދާ ސަރުކާރުގެ ގިނަ މުއައްސަސާތަކާއި، އެންޖީއޯތައް އަދި ކުންފުނިތަށް ބައިވެރިވުމަށް ހަމަޖެހިފައިވާ އިރު، އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް 15 މީހުންގެ ގްރޫޕްތަކަށް ބަހާލައިގެންނެވެ.

19 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހަވީރު 4:00 ގައި ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުންނެވެ. ހަވީރު ހަތަރަކުން ހަޔަކަށް އެ ޕްރޮގްރާމް ކުރިއަށްދާ އިރު، ހުޅުމާލޭގައި އާންމުކޮށް ކުނި ގިނަވާ 40 ސަރަހައްދެއް ސާފުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

"ސާފު ހުޅުމާލެ" ނަމުގައި ބާއްވާ މި ޕްރޮގްރާމް ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ އިރު މި ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް، ހުޅުމާލެއަކީ ސާފު ތަނަކަށް ހެދުމަށް އިތުރު ހަރަކާތްތަކެއް ބާއްވާ އާންމުން ހޭލުންތެރިކުރުވަން ރޭވިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް