ads
ސުޕްރީމް ކޯޓު-- ފޮޓޯ: ދަ އެޑިޝަން
ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމި ނިންމުންތަކުގެ ރިޕޯޓު ފާސްކޮށްފި
ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނު އަސާސީއާ ހިލާފު ނިންމުންތަކާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓާ ގުޅޭ ގޮތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މިއަދު ފާސްކޮށްފި އެވެ.
Advertisement
ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނު އަސާސީއާ ހިލާފު ނިންމުންތަކާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓާ ގުޅޭ ގޮތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މިއަދު ފާސްކޮށްފި އެވެ.

ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓު ފާސްކޮށްފައި ވަނީ 66 މެމްބަރުންގެ ވޯޓާއެކު އެވެ. އެ ރިޕޯޓު ފާސް ކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އެ ރިޕޯޓަކީ ސުޕްރީމް ކޯޓުން ގަވައިދާ ހިލާފަށް ނިންމާފައިވާ ނިންމުންތަކާއި ކޮށްފައިވާ ހުކުމްތައް ތަހުގީގު ކުރުމަށް ޖޭއެސްސީ އިން ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓެކެވެ.

ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަމަކީ:

- ޖޭއެސްސީ ގާނޫނުގެ 21 ވަނަ މައްދާގެ (ބ) އުވާލައި، އަދުލު އިންސާފު ގާއިމްކުރުމުގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމާ ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވަން ނިންމުން

- ކޯޓުތަކުގެ ގާނޫނުގެ 8 ވަނަ ބާބުގެ 82 ވަނަ މާއްދާއިން ފެށިގެން 94 ވަނަ މާއްދާގެ ނިޔަލަށް އުވާލި އުވާލުން

- ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމާ ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން

- ގާނޫނީ ވަކީލުންނަށް ކޯޓުތަކުގައި ވަކާލާތުކުރުން މަނާ ކުރުން

- އިސްތިއުނާފު ކުރުމުގެ މުއްދަތު ކުޑަކޮށް އެ މުއްދަތާ ގުޅޭ ގޮތުން ކޯޓުތަކުގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނާއި މައުލޫމަތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާތައް ބާތިލު ކުރުން

- ދަށު ކޯޓުތަކުގެ ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން ގަވާއިދެއް ހަދައި، ގާނޫނުގެ ދަށުން ޖޭއެސްސީއަށް ދީފައިވާ ބާރު ނެގުން

- ޖޭއެސްސީގެ ގާނޫނާ ހިލާފަށް ފަނޑިޔާރަކު މަސްއޫލިއްޔަތުން އެކަހެރި ކުރުމުގެ މައްސަލަ

- އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު އަދި އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ކަނޑައަޅައި މަގާމުން ވަކިކުރުން

- އެޗްއާރުސީއެމްގެ ބާރު ކަނޑުވާލައި ސުޕްރީމް ކޯޓުން އިސް ނަގައިގެން އެ ކޮމިޝަނުގެ މައްޗަށް ސުމޯޓޯ ހިންގައި އަދި އެ ކޮމިޝަނުން އަމަލު ކުރަން ޖެހޭ ގައިޑްލައިން ކަނޑައެޅުން

- ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އަންގައި އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާ ކުރުމަށް ހުރަސް އަޅާފައިވުން

- މަޖިލީހުން ނިންމާ އިތުބާރު ނެތްކަމުގެ މައްސަލަތައް ސައްހަ ވާނީ ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމުން ކަމުގައި ކަނޑައެޅުން

- ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލު ކުރުން

- އެކެއް ފެބުރުއަރީ 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރުގެ ބައިތައް ހަމަ އެ ކޯޓުން ބާތިލު ކުރުން

- ސުޕްރީމް ކޯޓުން ސާކިއުލަތަކާއި އާންމު ސިޓީތައް މެދުވެރިކޮށް އެހެން ކޯޓުތަކުގެ އިދާރީ ހިންގުމާއި ފަނޑިޔާރުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ރައްޔިތުން ތަބާވުން ލާޒިމު ގާނޫނު ހެދި ހެދުން

އެ ރިޕޯޓުގެ ބަހުސް މަރުހަލާގައި ގިނަ މެމްބަރުންތަކެއް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓު ހަރުދަނާ ކުރުމަށް މަޖިލީހުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ސުޕްރީމު ކޯޓުން ނިންމާފައިވާ ނިންމުންތައް ބައްޓަންކޮށްފައި ހުރީ އެ ކޯޓުން އަމިއްލައަށް ކަންކަން ނިންމުމަށް ކަމަށެވެ.

އޭގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުގައި ތިބި ފަސް ފަނޑިޔާރުންނާ މެދު ގޮތެއް ނިންމަން މަޖިލީހުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ޖޭއެސްސީގެ ރިޕޯޓަށް ބަހުސް ކުރައްމުން މަޝްހޫރު ގާނޫނީ ވަކީލު އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުން އޭރު މައްސަލަތައް ނިންމާފައި ވަނީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ނޫން ކަމަށާއި، ތައައްސަބުން އެއްކިބާވެ، ގާނޫނުތަކަށް ރިޔާއަތް ކުރުމެއް ނެތި ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;